ލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަނީ

ސްރީލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ތައްޔާރުވެއްޖެ އެވެ.ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތުއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ދިވެހިންނަށް މިހާތަނަށް ދޫކޮށްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށެވެ. ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށާއި އޭރުން އެއް އަހަރު ވަންދެން ދިވެހިންނަށް ލަންކާގައި ދިރިއުޅެވޭނެ ކަމަށް އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.ލަންކާއިން ދިވެހިންނަށް ދޭ ވިސާގެ މުއްދަތު އިތުރުކުރަން ނިންމިއިރު، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން، ވިސާގެ މި ބަދަލުތައް އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.ލަންކާ އިން ދިވެހިންނަށް ވިސާގެ ލުއިތަކެއް ދޭން ނިންމާފައި މިވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިމަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.ލަންކާ ސަރުކާރުން ވިސާއަށް ގެންނަ ބަދަލުތައް ރަސްމީކޮށް އިއުލާން ކުރާނީ އަނޫރާގެ ދަތުރުގެ ތެރެއިން ކަމަށްވެސް ބައެެއް ރިޕޯޓްތައް ބުނެ އެވެ.ސްރީލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެ ގައުމުން ވަނީ 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުން ހުއްޓާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ