މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަންގެ އެޓޯލް އީ-ސްޕޯޓްސް ލީގުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ ޓީމްތައް ރަޖިސްޓްރީ ކުރެވޭ އެޓޯލް އީ-ސްޕޯޓްސް ލީގަކީ ޕަބްޖީ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވައިލީ ޖުލައި 4، ގެ ނިޔަލަށެވެ.
އޮންލައިން ކޮށް ކުރިއަށް ގެންދާ އެ މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީ-ސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން އެ މުބާރާތުގެ ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.
މުބާރާތުގެ ޕްރައިޒް ޕޫލްގައި 50،000ރ. ހިމެނޭއިރު، އެއްވަނައަށް 25،000ރ. ލިބެ އެވެ. ދެވަނައަށް 12،000ރ. ލިބޭއިރު، ތިންވަނައަށް ލިބެނީ 6،000ރ. އެވެ. އަދި ހަތަރުވަނައަށް 3،000ރ. ލިބޭއިރު، އެންމެ މޮޅު ކުޅުންތެރިޔާއަށް 4،000ރ. ލިބެ އެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން ހަ ކުޅުންތެރިން ތިބެން ޖެހެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ރަށުން ބޭރުން ހިމެނޭނީ ދެ ކުޅުންތެރިންނެވެ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އުރީދޫއިން ބުންޏެވެ.
މުޅިން އަލަށް ބާއްވާ އުރީދޫ ނޭޝަންގެ އެޓޯލް އީ-ސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި މުޅިން އަލަށް ބާއްވާ އުރީދޫ ނޭޝަންގެ އެޓޯލް އީ-ސްޕޯޓްސް ލީގުގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ