ހޯރަފުށީ ބޮޓްލިން ޕްލާންޓު ވަޒީފާ ތަކުން އިތުރު ބަޔަކު ވަކިކޮށްފި

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން އިތުރު ބަޔަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ. މިއަދު ވަކިކުރި މީހުންނާއި އެކު ބޮޓްލިން ޕްލާންޓުގެ ވަޒީފާއިން ވަކިކުރި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައި އެވެ. މީގެ ތެރޭގައި ގިނައީ އަންހެން މުއައްޒަފުން ނެވެ.ހޯރަފުށީ ޕްލާންޓުން ގިނަ ބަޔަކު ވަޒީފާ އިން ވަކި ކުރުމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހު ވިދާޅުވީ ހޯރަފުށީ ދާއިރާގެ އެމްޕީ އަލީ މޫސަގެ އުއްމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ސަޕްރައިޒްތައް މިއީ ކަމަށެވެ. "ގަސްތުގަ ރައްޔިތުންނަށް ދޭ އަނިޔާ ބަލައެއް ނުގަނެވޭވެ! ދޮގާ މަކަރާ ރައްޔިތުން ކުރިމަތީ ހަދާފަ ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވުން ނޫން އިތުރު އެއްސް ކަމެއް ނުކުރޭ" އިމްދާހު ވިދާޅުވި އެވެ.ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މިފަހުން ވަނީ މުޒާހަރާކޮށް އެ ދާއިރާގެ މެންބަރު އަލީ މޫސާގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމަކީ މި ސަރުކާރުން ހޯރަފުށީގެ އާއިލާ ތަކަށް ދިން ނިކަމެތި ކަމެއް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރުމުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.ފެނަކައިން ބުނެފައި ވަނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެ މަސައްކަތް މިވަގުތު ހުއްޓިފައި އޮތަސް އަންނަ މަހު އަލުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މަސައްކަތް ފެށުމުން އިތުރު މުވައްޒަފުން ހޯދަން އިއުލާނު ވެސް ކުރާނެ ކަމަށެވެ.ފެނަކަ އިން އިތުރަށް ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފިނިން ބުންޏެވެ. "ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ