ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެކެވެ. ވެރިކަމުގެ އެ ނިޒާމް ކަނޑައެޅީ އޮގަސްޓް 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރައްޔިތުން ރިޔާސީބ ނިޒާމް އިހުތިޔާރު ކުރުމުންނެވެ.
ސިޔާސީ ގޮތުން މިވަގުތު ރާއްޖެއަށް ދިމާވެފައި އޮތް ހާލަތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެން ވޯޓެއް / ޕަބްލިކް ރެފަރެންޑަމަކަށް، ދިޔުމުގެ އެންމެ ރަނގަޅު ވަގުތު ކަމަށް މަޖިލީހުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރާ. ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހިޔާލު ފާ ޅުކޮށްފި އެވެ.
ދަ ޑިމޮކްރެޓްސް ނިސްބަތްވެފައި އޮންނަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެ މަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ރާއްޖެ ފުރޮޅައިލަން ތާއީދު ކުރައްވާ އެކަމަށް ވަކާލަތު ކުރައްވާ ބޭފުޅެކެވެ. ޑިމޮކްރެޓްސްގެ މެންބަރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމަކަށް އަމަލު ކުރަމުންދާއިރު، މަޖިލީހުގައި ބައެއް މަސައްކަތް ކުރަނީ ބަރުލަމާނީ ނިޒާމަކަށެވެ. ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ސާފުކޮށް އެ ވާހަކަ މިއަދުގެ ޖަލްސްގައި ވިދާޅުވެފަ އެެވެ. އިލްޔާސް ވިދާޅުވީ މިއީ ވެރިކަމުގފެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ގާތު އަހާލަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ލިބޭނެ އެންމެ މުނާސަބު ވަގުތު ކަމަށެވެ.
"ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓަކަށް ގެންގޮސްދިނުމަކީ މުހިންމު ކަމެއް. ރައްޔިތުން ނިންމާ ގޮތެއްގެ މަތީން ކުރިއަށް ދިޔުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި ގޮތް," އޭނާ ވިދާޅުވި އެވެ.ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެކެވެ. ވެރިކަމުގެ އެ ނިޒާމް ކަނޑައެޅީ އޮގަސްޓް 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރައްޔިތުން ރިޔާސީބ ނިޒާމް އިހުތިޔާރު ކުރުމުންނެވެ. އެ ފަހަރު ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިއީ ނިޒާމު ބަދަލު ކުރަން ރައްޔިތުން ގާތު އަހަން ރަނގަޅު ވަގުތު: ޑިމޮކްރެޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ