ޕީއެންއެފަށް ވަންނަ މެންބަރުންގެ ފޯމްތައް ފުރުން ކުރިއަށް ދާއިރު ރައީސް ޔާމީން މިހާރު ވެސް އިންނެވީ އެ އޮފީހުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަނު ގައި މިއަދު އެދުމަށް ފަހު އެ ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ.
ޕީއެންއެފަށް ވަންނަން ބޭނުންވާ މެންބަރުންގެ ފޯމް ފުރުން ކުރިއަށް ގެންދަނީ ޕީޕީއެމްގެ އޮފީސް ކުރީން ހިންގި ހ. ހުރަފާ އެވެ.ގޭގެ ވެރިފަރާތުން މީގެ ދެތީން ހަތަރު ދުވަސް ކުރީން ވަނީ ޕީޕީއެމް އޮފީސް ހުސް ކުރަން އަންގާފައެވެ. ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ ނިޔަލަށް ޕީޕީއެމުން އެ އިމާރާތް ހުސްކޮށް ނިކުމެފައިވާ ކަމަށެވެ.ޕީއެންއެފަށް ވަންނަ މެންބަރުންގެ ފޯމްތައް ފުރުން ކުރިއަށް ދާއިރު ރައީސް ޔާމީން މިހާރު ވެސް އިންނެވީ އެ އޮފީހުގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ކުރީގެ ނާއިބު ރައީސް ޖަމީލް ވެސް އެބަ ހުންނެވި އެވެ.
ޕީއެންއެފް އުފައްދަނީ ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައެވެ.އަލަށް އުފައްދާ ޕާޓީގެ ކުލައަކީ އެންމެ ފުރަތަމަ ރައީސް ޔާމީން ހެއްދެވި ޕާޓީ ޕީއޭގައި ވެސް ބޭނުން ކުރި ދަނބު ކުލަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީން އިސްވެ ޕީއެންއެފަށް މެންބަރުން ހޯދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ