މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާ ގޮތް ހަދަންޖެހޭ: ފާރިޝް

މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް އެމްއާރްއެމްގެ ރައީސްގެ މަގާމުގައި ހުންނެވި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބޮޑު ކޮށް، ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމުމާއި ގުޅިގެން އެކަމާއި ކަންބޮޑުވެން ފާޅުކުރައްވައި ފާރިސް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު ކުރަނީ އެއްގޮތަކަށް ކަން ކަމަށެވެ. 
އަދި ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށާ އެ ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން މަޖިލީހަށް ހޮވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 
Advertisement
‏މީގެ އިތުރުން ފާރިސް ވަނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭ ކަން ވެސް ފާހަގަކުރައްވާފައެވެ. 
"މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ! މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ!"
ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ކަންކަން އިއްޔެ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ދިޔައިރު، އެންމެ ފުރަތަމަ ހުށަހެޅީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް ގޮތުގައި 82،000 ރުފިޔާ މެންބަރުންނަށް ކަނޑައެޅުމަށެވެ.
ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި އޮފް ދަ ރެކޯޑުގައި ބައެއް މަޝްވަރާއަށް ފަހު އަސާސީ މުސާރަ ވަނީ 55،000ރ. އަށް ބަދަލުކޮށް، މި ބަދަލާ އެކު މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މެންބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ. އެހެންކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެންބަރެއްގެ މުސާރައިގެ ގޮތުގައި 100،000 ރުފިޔާ ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ