މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުމާއި، ކުއްޅަވަށް ގޯޅިއާއި، ހަވީރީ ހިނގުމާއި، ފީރޯޒު މަގާއި، ގަނދަކޯޅިމަގާއި، ކުޅިދޮށު މަގާއި، ފުލޫނިޔާ މަގާއި، އިރާކު މަގާއި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
“މެންދުރު 13:30 އިން 14:45 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް.“
ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ