އެމްއެމްޕީއާރުސީ އިން ވަނީ ޔޫކޭ އާއި ރަޝިއާގެ މާކެޓު އަދި ސްޕެއިން އާއި އިޓަލީގައި ވެސް މާކެޓިން ހަރަކާތްތަކެއް ފަަށާފަ އެވެ.
ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ޔޫރަޕުގެ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ މާކެޓިން ވަރުގަދަކޮށް "ހައި އިމްޕެކްޓް" މާކެޓިން ހަރަކާތްތަކެއް ފަށައިިފި އެވެ.
ރާއްޖޭގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީ އިން ބުނީ މުހިންމު މާކެޓްތަކުގައި ސަމާ ޓެރެވަލް އަށް ހާއްސަކޮށްގެން ބޮޑު ސަމާ ސޭލް ކެމްޕޭން ތަކެއް ވަނީ ފަށާފަ އެވެ. މި ސްޓްރެޓެޖިކް އިނިޝިއޭޓިވްތައް އަމާޒުކުރަނީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށާއި ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށާއި މިހާރު ހުރި ޕާޓްނަޝިޕްތަކުގެ އެހީގައި ފުޅާ އަދި ތަފާތު އޯޑިއަންސަތަކަށް ވާސިލްވުމަށެވެ.މި ހަރަކާތްތަކުގެ ތެރޭން އެމްއެމްޕީއާރުސީ އާއި ލިވަޕޫލް ފުޓްބޯޅަ ކުލަބާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އެލްއެފްސީގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ކަނޑައަޅާފައި ވާތީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރަށް މަގުބޫލްކަން ލިބޭނެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ބާރު އެޅުމަކީ ވެސް އެލްއެފްސީއާ އެކު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު އެއް އަމާޒެވެ. ރާއްޖޭގެ މުހިންމު މާކެޓެއް ކަމަށްވާ އިނގިރޭސިވިލާތަކީ މި ކެމްޕެއިންތަކުގެ ސްޓްރެޓެޖީގެ ދަށުން އެންމެ އިސްކަމެއްދެވޭ އެއް މާކެޓެވެ.
ވިޒިޓް މޯލްޑިވްސް އިން ލަންޑަންގެ އަންޑަގްރައުންޑް އަދި ބަސްތަކުގެ އިޝްތިހާރުތައް ހިމެނޭ ބޮޑު އައުޓްޑޯ ކެމްޕޭނެއް ވަނީ ފަށައިފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށް، ރާއްޖެއަކީ އެންމެ ދާން ބޭނުންވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހޭލުންތެރިކޮށް، ޓެކްސީ އެޑް ކެމްޕޭނެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިއާއެކު، ވިޒިޓް މޯލްޑިވްސްއިން ވަނީ ވިޒިޓާ އެންގޭޖްމަންޓްތަކާއި ސަމާ ބުކިންތައް އިތުރުކުރުމަށް ޓްރެވަލްބޭގް (ޑީނާޓާ ޔޫކޭ) އާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭން ފަށާފަ އެވެ.
ރަޝިއާ މާކެޓަށް ހާއްސަކޮށްގެން ރަޝިޔާ އަދި ސީއައިއެސްގައި ވިޒިޓް މޯލްޑިވްސް އިން ޕީއޭސީ ގްރޫޕާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގުމަށްވެސް ވަނީ ފަށާފަ އެވެ. އެގޮތުން، ކެމްޕޭންގެ ތެރޭގައި ޕާސަނަލައިޒްޑް ސާވިސް އާއި ޓޮޕް ކޮލިޓީ ތަޖުރިބާތަކާއެކު ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެ ދައްކާލާނެ އެވެ. އަދި ރިސޯޓް ލައިފް ޓްރެވަލްއާ ގުޅިގެން އެ ފަރާތްތަކުގެ ތަޖުރިބާގެ ބޭނުން ހިފައި މި މާކެޓުގައި ރާއްޖޭގެ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތައް ދައްކުވައިދޭ ޓާގެޓެޑް މާކެޓިން ކެމްޕެއިންތައް ހިންގަމުންދެ އެވެ. މީގެ އިތުރުން، ޖަރުމަން މާކެޓުގައި ވިޒިޓް މޯލްޑިވްސް އިން ދަނީ ބީ2ބީ އަދި ބީ2ސީ އޯޑިއަންސް އަށް އަމާޒުކޮށްގެން ރީޓެއިލް ޕްރޮމޯޝަންތަކާއި އޮންލައިން ޕްރެޒެންސް އަދި އެއާޓުއާސް ހަރަކާތްތަކުގެ ތެރެއިން ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް ޓުއިގެ ފުޅާ ނެޓްވޯކް ބޭނުންކޮށްގެން ކުރިއަށްދާ ކެމްޕޭނެއް ހިންގަމުންނެވެ.
އިޓަލީގައި އަލްޕިޓޫރާއާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގަން ވަނީ ފަށާފަ އެވެ. އެގޮތުން، އަލްޕިޓޫރުގެ ފުޅާ ނެޓްވޯކްގެ ޓްރެވަލް އެޖެންސީތައް ބޭނުންކޮށްގެން ޓެއިލަރޑް ހޮލިޑޭ ޕެކޭޖްތައް ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީ އިން ވަނީ ބުކިން އާއި ވިޒިބިލިޓީ އިތުރުކުރުމުގެ މަގުސަދުގައި ޖަރުމަން މާކެޓުގައި ޑާޓުއާ އާއެކު ޖޮއިންޓް މާކެޓިން ކެމްޕޭނެއް ހިންގުމަށް ރާވާފަ އެވެ. އަދި ޕޮލެންޑްގައި ވިޒިޓް މޯލްޑިވްސްއިން ރާވާފައި ވަނީ ޓުއިއައި ޕޮލެންޑާ އެކު ކެމްޕޭނެއް ހިންގައި ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށް، ޕޮޓެންޝަލް ކަސްޓަމަރުންނާ އެކު އެންގޭޖްމަންޓް ހިންގުމަށެވެ. ސްޕެއިން އާއި ސްޕެނިޝް ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ޓްރެވަލް + ލެޝާ އާއި އެކު ޑިޖިޓަލް އަދި ޕްރިންޓް ކޯލަބްރޭޝަނެއް ޝެޑިއުލްކޮށްފައިވެއެވެ. ހޫނު މޫސުމުގެ ބުކިންތައް އިތުރުކުރުމުގެ ގޮތުން އިންޑިއާގެ މާކެޓަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ޑިޖިޓަލް އެކްޓިވޭޝަންތަކާއި ޕްރޮމޯޝަންތަކާއި ޓްރޭޑް އެންގޭޖްމަންޓް ހިމެނޭ ގޮތަށް ޓީބީއޯ، މޭކްމައިޓްރިޕް އަދި ޕިކްޔޯޓްރެއިލް ފަދަ ބޮޑެތި ޕާޓްނަރުންނާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންތައް ހިމެނެއެވެ. މީގެ އިތުރުން، އޭ ލިސްޓް ސެލެބްރިޓީއަކާ އެކު އެންޑޯސްމަންޓަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާނާ އެކު ހާއްސަ ޕާޓްނާޝިޕެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.މި ކެމްޕޭނަށް އިތުރަށް އެހީތެރިވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހާއްސަ ސަމާ ސޭލް ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕީކް ޓްރެވަލް ޕީރިއަޑްގައި ޗުއްޓީ ބުކިންތަކަށް ހެދުމަށް ހިތްވަރު ދީ ހާއްސަ އޮފާތަކެއް ވެސް އޮންނާނެއެވެ. އަދި އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އެސްޕިރޭޝަނަލް ޓްރެވަލް ކޮންޓެންޓް ޕްރޮމޯޓްކޮށް މުހިންމު ސޯސް މާކެޓްތަކަށް އަމާޒުކޮށްގެން ހޮވާލެވިފައިވާ އިންފްލުއެންސަރުން ވެސް ހަރަކާތްތެރިވާނެ އެވެ.
މި ކެންޕޭނާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ހޫނު މޫސުމުގެ ކެމްޕެއިނަކީ މުހިންމު މާކެޓުތަކުގައި ރާއްޖޭގެ ޕްރެޒެންސް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.
"މި ކެމްޕޭނާއެކު ރާއްޖެއަށް މިދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ޓޫރިސްޓުން ތިބޭ މުއްދަތު އިތުރު ކުރަން ފުރުސަތު ފަހިވާނެ. އަޅުގަނޑުމެންގެ އަމާޒަކީ ސްޓްރެޓެޖިކް މީޑިއާ ޕްލޭސްމަންޓްތަކާއި ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކާ އެކު އޮން ދަ ގްރައުންޑް އިނީޝިއޭޓިވްސް އިންޓަގްރޭޓްކޮށް، ރާއްޖެއަކީ ހުރިހާ މާކެޓްތަކުން އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ޝައުގުވެރިކަން އުފެއްދުން.،" " ޝިއުރީ ވިދާޅުވިއެވެ.
މި ކެމްޕޭނާއެކު ރާއްޖެއަށް މިދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ޓޫރިސްޓުން ތިބޭ މުއްދަތު އިތުރު ކުރަން ފުރުސަތު ފަހިވާނެ
ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ
މި ހަރަކާތްތަކަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ރާއްޖޭގެ ހޫނު މޫސުމުގެ ހުށަހެޅުންތައް ދައްކާލުމާއި 2025-2026 ވަނަ އަހަރުގެ ފިނި މޫސުމަށް އަވަހަށް ރިޒަރވޭޝަން ހޯދުމަށް ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މީގެ އިތުރުން މި ކެމްޕެއިންގެ އަމާޒަކީ މިދިޔަ އަހަރު ޔޫރަޕްގައި ހޫނު މޫސުމަށް އަމާޒުކޮށްގެން މާ ބޮޑު ހަރަކާތެއް ހިންގާފައި ނުވާތީ މޫސުމީ ފަރަގުތައް ނައްތާލުމެވެ. މި ތަފާތު އަދި ސްޓްރެޓެޖިކް ކެމްޕޭންތަކުން ވިޒިޓް މޯލްޑިވްސް އިން ވަރުގަދަ ޑެސްޓިނޭޝަން ޕްރެޒެންސްއެއް ދެމެހެއްޓުމާއި މިއަހަރުގެ ހޫނު މޫސުމާއި އޭގެ ފަހުންވެސް ރާއްޖެއަށް ބުކިންތައް އިތުރުކުރުމަށް ގެންގުޅޭ ސްޓްރެޓެޖިކް އުސޫލުގެ މައްޗަށް އަލިއަޅުވާލައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔޫރަޕަށް ހޫނު މޫސުން | ޔޫރަޕުގައި ރާއްޖޭގެ މާކެޓިން ވަރުގަދަކޮށް، ގިނަ ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ