އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ދެ ސެނެޓަރުން ކަމަށްވާ ކްރިސް ވަން ހޮލެން އަދި އެލިޒަބަތް ވޮރެން ވަނީ އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައިވެސް އިޒްރޭލުން ގާޒާގައި އަނިޔާވެރި އަމަލުތަކަށް ދުނިޔެ ސަމާލުވުމަށް ގޮވާލާފައެވެ.
"އެއްފަރާތަކަށް ނުބަލާ" ކަމަށް ވަން ހޮލެން އެކްސްގައި ލިޔުއްވިއެވެ. "އިޒްރޭލް-އީރާން ހަނގުރާމަ ފެށުނުތާ 7 ދުވަސް ވެއްޖެ، ގާޒާގައި 400 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވޭ، ގިނަ މީހުންނަށް ކާނާ ހޯދަން އުޅެނިކޮށް ވަޒަންއަރާފައިވޭ. ނަތަންޔާހޫ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ކާނާ ފޯރުކޮށްދިނުން އަލުން ފެށުމަށް ހުއްދަނުދިނުމަކީ ހިތާމަހުރި ކަމެއް."
ވޮރެން ވިދާޅުވީ އިޒްރޭލްގެ ބޮޑުވަޒީރު "ހީކުރަނީ އޭނާ އީރާނަށް ބޮންއަޅާއިރު ގާޒާގައި ކުރާ ކަންތައްތަކަށް އެއްވެސް މީހަކު ސަމާލުކަން ނުދޭނެކަމަށް."
"މީހުން ބަނޑަށް މަރުވުމުގެ ނުރައްކަލާ ކުރިމަތިލަނީ. 55،000 މީހުން މަރުވެފައިވަނީ. އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިންނާއި ޑޮކްޓަރުންނަށް ބޯޑަރުން އެނބުރި ދާންޖެހެނީ. ކާނާއަށް ބޭނުންވެފައި ތިބި ކުށްވެރިނުވާ މީހުންންގެ ގަޔަށް ބަޑި ޖަހަނީ. ދުނިޔެ ކަލޭ [ކަންތައްތައް ކުރަމުންދާ ގޮތް] ދެކޭ، ބެންޖަމިން ނެތަންޔާހޫ"، އޭނާ އެކްސްގައި ލިޔުއްވި އެވެ.
އެމެރިކާގެ ސެނެޓަރުން ގާޒާ ހަނގުރާމައާ ގުޅިގެން ނަތަންޔާހޫއަށް ފާޑުކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ