އާއިލާގެ ފަރާތުން ވެސް އެފަދަ ތުހުމަތެއްގައި ޝަކުވާ ހުށައަޅާފައި ނުވާ ކަމަަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލަ އެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗްގެ އީއާރުގައި ފަރުވާ ދެމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް ރޭ 11:30 ހާއިރު ހުށައަޅާފައިވާ ކަމަށެވެ.އެ މީހާ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ ތަނުން ވެއްޓި އަނިޔާވި ވެގެން ކަމަށް ވާހަކަ ދެކެނުވަސް އެއީ ހަގީގަތެެއް ނޫން ކަމަށާ ފުލުހުން ބެލި ބެލުމުން އެ މީހާގެ ހަށިގަނޑުގައި އެފަދަ އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަަށެވެ.އަދި އާއިލާގެ ފަރާތުން ވެސް އެފަދަ ތުހުމަތެއްގައި ޝަކުވާ ހުށައަޅާފައި ނުވާ ކަމަަށް ވެސް ބުންޏެވެ.ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ތެދުވެގެން ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނު ކަމަަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.އެ މީހާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނަގާފައިވަނީ އެފަދަ މައްސަލައެއް ހުށައެޅުމުން އާންމުކޮށް އަމަލުކުރާ އުސޫލުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އައިޖީއެމްއެޗްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވުން: މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ