ގިނަ ބައަކަށް އެންމެ ފަސޭހައިން ބުނެވޭ އެއް ބަހަކީ "ޝުކުރު އަލްޙަމްދުލިﷲ" އެވެ. އަހުރެންގެ ސުވާލަކީ އެހެން ބުނި ނަމަވެސް އެމީހަކަށް އެބަ ޝުކުރުވެރިވެވޭހެއްޔެވެ؟
ﷲ ތަޢަލާއަށް ޝުކުރުވެރިވާކަން ދައްކަން ފުރަތަމަ ކުރަންޖެހޭ ކަމަކީވެސް ފަރުޟު 5 ނަމާދުކުރުމެވެ. ދެން އޮތީ ސުންނަތް ނަމާދުތައް ކުރުމެވެ. ރަމަޟާން މަސް މިހާރު ބައްދަލުކޮށްފައިވާތީ މިގެންދަނީ ރޯދަހިފަމުންނެވެ. އެއީވެސް ހަމަ ޝުކުރުވެރިވުމެވެ. ރަމަޟާން މަސް ނިމުމުން ޝައްވާލުމަހުގެ 6 ރޯދަ ހިފައި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުމަކީވެސް ޝުކުރުވެރިވުމެވެ. މަހުގެ 13،14،15 3 ދުވަހު ރޯދަހިފުމަކީވެސް ޝުކުރުވެރިވުމެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ތިމާ ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮކޮށްހިތުންވެސް ވަނީ ޝުކުރުވެރިވުމުގެ ތެރެއިންނެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުންވެސް ހިމެނިގެންވަނީ ޝުކުރުވެރިވުމުގެ ތެރެއިންނެވެ. ރަޙިމުގެ ގުޅުން ދަމަހައްޓައި އެމީހުންނަށް ހެޔޮކޮށް ހިތުންވެސްމެއެވެ. މިހެންގޮސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކޮންމެ ކަމެއް ކުރުންވެސް ވަނީ ޝުކުރުވެރިވުމުގެ ތެރެއިންނެވެ.
މިކަންކަން ނުކޮށް ހުރެ މީސްތަކުންގެ ކުރިމަތީގައި "ޝުކުރު އަލްޙަމްދުލިﷲ" ކިތަންމެ ބާރަށް ނުވަތަ ކިތަންމެ ގިނައިން ކީނަމަވެސް އެމީހަކީ ޝުކުރުވެރިވާ އަޅަކަށް ނުވެވޭނެއެވެ. އަދި އެކަންވުން ގާތީ ދެއްކުންތެރި ކަމެއް ކަމުގައެވެ. ދެއްކުންތެރިކަން ކިތަންމެ ކުޑަ މިންވަރަކަށ ހިމެނޭ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. އަދި އެކަންވާނީ ސުވަރުގެ ލިބުމަށް އެޅޭ ހުރަހަކަށެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
"ޝުކުރު އަލްޙަމްދުލިﷲ" ކިޔައި ﷲ ތަޢާލާއަށް ޝުކުރުވެރިވާކަމަށް ބުނާމީހާ ޝުކުރުވެރިނުވާނަމަ އެއީ ކުރެވޭ ފާފައަކަށްވެސް ވެދާނެ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ