ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން ކޮންމެ މަހަކު ޕްލޭސްޓޭޝަން (ޕީއެސް) 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ތަފްސީލް - ދިރާގުން ބުނި ގޮތުގައި، މި ލަކީޑްރޯގައި ބައިވެރިވެވޭނީ:
ޑީޖީޖީގެ ވެބްސައިޓުން ސައިން-އަޕް ކުރުން
ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން
ތިން މަހަށް ކުރިއަށްގެންދާ މި ލަކީޑްރޯގައި ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ކޮންމެ މަހަކު ނަގާ ލަކީޑްރޯގައި:
ނަސީބުވެރިއަކަށް މުޅިން އާ ޕީއެސް5 ޕްރޯއެއް ލިބޭނެ
ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރާނެ
ފާހަގަކޮށްލެވޭ - ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އެގޮތުން، ޑީޖީޖީން އަންނަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާ އެކު ބާއްވައި ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުންނެވެ.
ދިރާގު ގޭމާސް ގިލްޑުން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ލިބޭ ލަކީޑްރޯއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ