ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ބާއްވަން ނިންމާފައިވާ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދަނީ އެ މައްސަލައިގެ ލިޔެކިޔުންތައް ޖޭއެސްސީއަށް ނުދެވޭތީކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
އަޒްމިރާލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.
އޭނާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ.
އިއްޔެ އާއި މިއަދު ވެސް އަޒްމިރާލްދާ ތަހުގީގުގެ ބޭނުމަށް ޖޭއެސްސީއަށް ހާޒިރު ކުރަން ތާވަލުކޮށްފައި އޮތް ނަމަވެސް އަދިވެސް ފަނޑިޔާރާ ޗިޓު ހަވާލު ނުކުރެވޭކަން ވަނީ ޔަގީން ކުރެވިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޗިޓު ހަވާލު ނުކުރެވެނީ މައްސަލައާ ގުޅޭ ސިޓީ އާއި މުޅި މައްސަލައިގެ ގުޅުންހުރި ލިޔުންތަކާއި، މުއާމަލާތްތަކާއި، އޭގެ ޓައިމްލައިން ހޯދުމަށް އަޒްމިރާލްދާ އެދިވަޑައިގަތުމުން ވެސް، ޖޭއެސްސީއަށް އެ މައުލޫމާތު ފޯރުކޮށް ނުދެވޭތީ އެވެ.
އެކި މަސްދަރުތަކުން "އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި މައްސަލައިގައި އޮތީ ހަމައެކަނި އޭސީސީގައި މައްސަލައެއް ރެޖިސްޓްރީ ކުރި ކަމުގެ ލިޔުމެކެވެ. އިތުރު އެއްވެސް ހެއްކެއް ލިޔެކިޔުމެއް ނެތެވެ.
އެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތެވެ. ނަމަވެސް، ޖޭއެސްސީން ނިންމީ ތަހުގީގު އަޑުއެހުންތައް ސިއްރު ކުރުމަށެވެ.
އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރާލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
އަޒްމިރާލްދާ ހާޒިރު ކުރުން ލަސްކުރަމުން ދަނީ މައްސަލައިގެ އެއްވެސް ލިޔެކިޔުމެއް ނެތުމުން އަޒްމިރާލްދާ ހާޒިރު ކުރުން ލަސްކުރަމުން ދަނީ މައްސަލައިގެ އެއްވެސް ލިޔެކިޔުމެއް ނެތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ