މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް، މުހައްމަދު ފަޒީންގެ ފަރާތުން އެ ކޮމިޝަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށް ބުނާ މައްސަލައިގައި ފަޒީން މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށައި އެ މައްސަލަ ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ފަޒީންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނު ކުރުމަށް އެދި ފޮނުވީ ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީން ފަޒީންގެ މައްސަލަ ބަލަން ފެށީ އޭނާގެ ފުށުން ޖިންސީ ފުރައްސާރަ ކުރިމަތިވި އަންހެން މީހާ އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ޝަކުވާގެ ސިޓީއަކާ ގުޅިގެންނެވެ.
ފަޒީން މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށައި އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނު ކޮށްދިނުމަށް އެދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި އަންހެން މުވައްޒަފު ގައިގައި ތަކުރާރުކޮށް އޭނާގެ ނުރުހުމުގައި އަތް ލާފައިވާ ކަމަށާއި ބޭއަދަބީ ބަހުރުވައިން ފަޒީން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް އެ މުވައްޒަފު ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ބްރޯޑްކޮމްގެ އެހެން މުވައްޒަފަކާ ވެސް ބޭއަދަބީކޮށް ފަޒީން ވާހަކަދައްކާ ކަމަށް އެ މުވައްޒަފު ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމަށް ބްރޯޑްކޮމްއިން އެކުލަވާލައިފައި އޮންނަ ކޮމިޓީއަށް ވެސް ފަޒީންގެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މުވައްޒަފު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބުނެފައިވާ ކަމަށް އެ ކޮމިޓީގެ ސިޓީގައި ބުންޏެވެ.
އޭގެއިތުރުން ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މުވައްޒަފަށް މަސައްކަތުގެ ބޭރުން ގުޅައި ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާފައިވާކަން ބްރޯޑްކޮމްގެ ބައެއް އެހެން މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން ވެސް ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް އެ ކޮމިޓީގެ ސިޓީގައި ބުންޏެވެ.
ފަޒީން ވަކި ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
ފަޒީން ވަކި ކުރުމުގެ މަރުހަލާ ފަށައި ދިރާސާ ކުރަން ކޮމިޓީއަށް ފަޒީން ވަކި ކުރުމުގެ މަރުހަލާ ފަށައި ދިރާސާ ކުރަން ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ