އީރާނުން ރޭ ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ޓެކްނޮލިޖީގެ މައި ބަދަ ކަމަށްވާ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް ހަލާކުކޮށްލައިފި އެވެ.
އީރާނުން ރޭ ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ޓެކްނޮލިޖީގެ "މައި ބަދަ" ގެ ގޮތުގައި ބެލެވޭ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް ޔުނިވާސިޓީއަށް ހަމަލާ ދީފި އެވެ.
އީރާނަށް އިސްވެ އިޒްރޭލުން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ރޭ އިޒްރޭލަށް އީރާނުން ދިން ހަމަލާތަކުގައި ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް އަށް ހަމަލާ އަރާފައިވެ އެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ވައިޒްމަން އިންސްޓިޓިއުޓްގެ ލެބޯޓަރީއަށް އަށް ހަމަލާ އަރާ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ރެހޮވޮޓްގައި ހުންނަ ވައިޒްމަން އިންސްޓިޓިއުޓް ފޯ ސައިންސްއަކީ ޔޫރަޕުން ޔަހޫދީން ގެނެސް އިޒްރޭލުގައި ދައުލަތެއް އުފެއްދިތާ 17 އަހަރު ކުރިން 1934 ވަނަ އަހަރު ފަލަސްތީނުން އުފެއްދި ތަނެވެ. ނަމަވެސް ފަހުން އިޒްރޭލު ދައުލަތް އުފައްދައި އެތަނުގެނަން ވަނީ އަޒްރިއެލް ވައިޒްމަންގެ ނަމަށް ބަދަލުކޮށްފަ އެވެ. މިއީ އިޒްރޭލުގެ ގިނަ ދިރާސާތަކެއް ކުރާ އެންމެ ވަރުގަދަ ސައިންސްޓިފިކް ވުޒާރާ އެވެ. އަދި މިއި އިޒްރޭލު ސިފައިންގެ ދިރާސާތަކުގައި ބޭނުން ކުރާ މައި ބަހެވެ.
ވައިޒްމަން އިންސްޓިޓިއުޓް ހަދާފައިވަނީ ޒަޔަނިސްޓް އޮގަނައިޒޭޝަންގެ އެއް ރައީސް ބަޔޯމެޑިސް އަޒްރިއެލް ވައިޒްމަންގެ ހަނދާނުގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އީރާނުން އިޒްރޭލު ސިފައިންގެ ޓެކްނޮލޮޖީގެ "މައިބަދަ" އަށް ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ