ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ހުރި ފްލެޓްތަކުގެ ތެރެއިން ކުލި ނުދައްކާ ފްލެޓްތަކަށް ނޯޓިސް ފޮނުވަން ފަށައިފި އެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ހައުސިން ޔުނިޓްތަކުގެ ތެރެއިން 5,000 ވުރެ ގިނަ ޔުނިޓުން ކުލި ނުދައްކަ އެވެ. އޭގެ ތެރޭގައި އެއްގޮތަކަށް ވެސް ކުލި ނުދައްކާ ތަންތަން އެބަ ހުއްޓެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހަމައަށް ކުލި ދެއްކުމަށް ފަހު އޭގެ ފަހުން ނުދައްކާ ތަންތަން ވެސް އެބަ ހުއްޓެވެ.
ގަވާއިދުން ކުލި ދައްކާ ތަންތަނުގެ ގޮތުގައި 3,000އެއްހާ ޔުނިޓް ހިމެނޭ ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ކުލި ނުދައްކާ 5,000 ވުރެ ގިނަ ޔުނިޓުން 700 މިިލިއަނެއްހާ ރުފިޔާ ދައްކަން އެބަ އޮތެވެ.
އެހެން ކަމުން އެ ތަންތަނަށް ގާނޫނީ އިންޒާރު ހިމެނޭހެން ނޯޓިސް ފޮނުވަމުންދާ ކަމަށް އެޗްޑީސީން މިއަދު ވަނީ ބުނެފަ އެވެ.
ކުލި ނުދައްކާ ތަންތަން އަތުލުމުގެ ބާރު އެޗްޑީސީއަށް އޮތް ނަމަވެސް މިހާތަނަށް އެއްވެސް ތަނެއް އަދި އަތުލާފައެއް ނުވެ އެވެ.
ހައުސިން ޔުނިޓްތަކަށް ކުލި ނުދައްކާ މައްސަލާގައި އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ. އެ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ކުލީގެ ގޮތުގައި ލިބެންޖެހޭ 700 މިލިއަން، ކުލި ދައްކަން އަންގާ ނޯޓިސް ފޮނުވަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ