ދުނިޔޭގެ ތިމާވެށީގެ ދުވަސްފާހަގަ ކުރުމުގެ ގޮތުން ވެށި ސާފު ޖަމްޢިއްޔާއިން އިސް ނަގައިގެން އައްޑޫ ނޭޗަރ ޕާކާއި ޕްރޮޖެކްޓް ތިމާވެށި ގުޅިގެން، ބިލަބޮން ހައި ސްކޫލްގެ ދަރިވަރުންނަށް, ޚާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ. ހޮނިހިރު ދުވަހު އައްޑޫ ނޭޗަރ ޕާކުގައި ކުރިއަށް ދިޔަ މި ޙަރަކާތުގައި ބިލަބޮން ހައި ސްކޫލްގެ 50 ދަރިވަރަކަށްވަނީ ޕްލާސްޓިކުގެ ނުރައްކަލުން ސަލާމަތްވުމާގުޅޭ ގޮތުން މަޢުލޫމާތާއި ތަމްރީން ފޯރުކޮށްދީފައެވެ.
އެގޮތުން މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު ކަމަށްވާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” ނުވަތަ ޕްލާސްޓިކު ކުނިން ދުނިޔެ ތަޣައްޔަރުވުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން،ގިނަ ޙަރަކާތްތަކެއް މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ހިންގާފައިވެއެވެ. ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުންތަކަށް އަލިއަޅުވާލުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި އަދި ދިރިއުޅޭ މާޙައުލުގެ ނާޒުކުކަން ވިސްނައިދީގެން ތިމާވެށި ޙިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.
ގިނަ ހަރަކާތްތަކާއެކު ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމްގައި ،ޕްލާސްޓިކް އެންދުން ހުއްޓާލުމުން ރަށުގެ ބިންގަނޑާއި ފެންފަށަލައަށް ލިބޭ ގެއްލުންތައް ކުޑަވެގެންދާ ގޮތާއި ޕްލާސްޓިކްގެ ކެމިކަލުން ފަރުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރުތަކާއި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާއި އުކާލާ ޕްލާސްޓިކް ވެއްޓަށް ދިޔަނުދީ ހިފެހެއްޓުމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގެ އާފަރުމާތަކަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތައް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.
މި ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވި ވެށި ސާފު ޖަމްޢިއްޔާއަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކޮށް، ރަށްރަށުގެ ގޮނޑުދޮށާއި ކަނޑުތަކުގައި އޮޔާދާ ކުނީގެ ނުރައްކަލުން ރާއްޖެ ޙިމާޔަތްކޮށް ގުދުރަތީ ރީތިކަމުގައި ތާއަބަދު ބޭއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޙަރަކާތްތެރި ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާއިން ހިންގާ ސާފު ކުރުމުގެ ޕްރޮގްރާމްތަކާއި ގަސްއިންދުމުގެ ޕްރޮގްރާމްގެ އިތުރުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް، ޕްލާސްޓިކުން ވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް މިކަމަށް ޢާންމުން ހޭލުންތެރި ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގަމުން ގެންދެއެވެ. ވަކިންޚާއްސަކޮށް ޕާލޭ ފޯރ ދަ އޯޝަންސްގެ ބައިނަލްއަޤުވާމީ ވިއުގައިގައި ހިމެނޭ ދިވެހި ރާއްޖޭގެ ގޮފިކަމަށްވާ ޕާލޭ މޯލްޑިވްސްއިން ހިންގާ ޕްލާސްޓިކު މަދު ކުރުމުގެ ޕްރޮގްރާމްގައި ވެށި ސާފުން ގެންދަވަނީ ބައިވެރިވެ ރަށުން ނެގޭ ޕްލާސްޓިކްގެ ބާވަތްތައް ނަގާ ޖަމާކޮށް ރީސައިކަލް ކުރުމަށް ޙަވާލު ކުރަމުންނެވެ.
1973 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އީ ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ޤައުމުތަކުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ރާއްޖޭގައިވެސް މިދުވަސް ފާހަގަކުރުމަށް ސަރުކާރާއި ސްކޫލްތަކާއި ޖަމްޢިއްޔާތަކުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ވެށި ސާފުން އައްޑޫ ނޭޗަރ ޕާކަށް އަލުން ބޭނުންކުރެވޭ ކޮތަޅު ހަދިޔާކޮށްފި މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެންވެސް މި މަރުވަނީކަމަށް: ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާ ހަނީމޫނަށް ކާޖަލް ރާއްޖެއަށް ކުރި ދަތުރުން ބޮޑު ސަޕްރައިޒެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ