އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ވަކި ސޫރަތްތަކެއް ކިޔަވާ ބައެކެވެ. އެހެންކަމުން އެ ސޫރަތްތައް ވަރަށް ފަރިތަކޮށް ކިޔަވައިލެވުނު ނަމަވެސް މުޅި ޚަތިމް ކިޔެވުމަކީ އެކަމަށް ފަރިތަ ނުކުރާނަމަ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ކޮންމެ ދުވަހަކު ޢާންމުކޮށް ކިޔަވާ ސޫރަތްތައް ކިޔެވިނަމަވެސް ޚަޠިމް ކުރަން ކިޔަވަންވާނެއެވެ.
ޤުްރްއާނާއި ބީޜައްޓެހި މުސްލިމުން ގިނަވަމުން މިދާ ސަބަބަށް ވިސްނައިލަމާ ހިނގާށެވެ!
އަހުރެމެން އެންމެ ބޮޑަށް ލޯބިވަނީ ޤުރްއާނަށެވެ. ޤުރްއާން ކިޔެވުމަށެވެ. އެކަމަކު އަހުރެމެންގެ ތެރޭގައި ގިނައީ ޤުރްއާނާއި ބީރައްޓެހި މީހުންނެވެ. ދުވަހެއް ދުވަހަކަށް ކިޔަވަން ފަރިތަވާންޖެހޭއިރު ދުވަހެއް ދުވަހަކަށް ވަނީ ނުފަރިތައެވެ. މުސްކުޅި ޢުމުރަށް ގޮސް ކިޔަވަން ޚަތިމް ހިފައިގެން އިށީނދެފައި ކިޔަވަން ފަށަން ޖެހެނީ އެންމެ ކުރު ސޫރަތްތަކުންނެވެ.
މިވީ ކިހިނެއްހެއްޔެވެ؟ ނުކިޔަވާތީ ބީރައްޓެހިވީއެވެ. ގުޅުންކުޑަވީއެވެ. އެހެން ނުވެވޭތޯ މަސައްކަތްކުރަމާ ހިނގާށެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިހާރަކަށް އައިސް ނަމާދަށް ދަނީވެސް ގެންގުޅޭ ސްމާޓް ފޯން ހިފައިގެންނެވެ. ވީއިރު ނަމާދު ނިންމައި މިސްކިތުން ނުކުރުމުގެ ކުރިން ކީރިތި ޤްރްއާނުން 10 ވަރަކަށް ޢާޔަތް ނަމަވެސް ކިޔަވައިލުމަކީ އެހައި ބުރަކަމެއް ކަމުގައި ނުދެކެމާ ހެއްޔެވެ؟
އެކަމަށް ހޭދަވާނި އެންމެ 2،3 މިނިޓްއިރެވެ! އެންމެ 3 މިނިޓް އިރު އިތުރަށް މިސްކިތުގައި މަޑުކޮށްލުމަކީ ﷲ ތަޢާލާއަށް ލޯބިން ތިމާ ކުރާ ހިތުން ކުރާ ކަމެއް ކަމަށް ހަދައިފިނަމަ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަދި އެހައިމެ ފައިދާވެސް ކުރާނެ ކަމެކެވެ.
ފަހުން ހަމަޖެހިލައިގެން ކީރިތި ޤްރްއާން ކިޔަވަން ހުންނަ މީހާއަށް އޮންނަނީ އެކަން ނުކުރެވިފައެވެ. އަމިއްލަ ނަފްސާއި ސުވާލުކޮށްލުމުން އެމީހަކަށް ކީރިތި ޤްރްއާން ކިޔެވޭ މިންވަރު އެނގޭނެއެވެ! ވީމާ ދިރިއުޅުމުގެ ޙާލަތަށް އައިސްފައި މިވާ ބަދަލުތަކާއިއެކު ވެސް ތިމާ ކުރަންޖެހޭ ހެޔޮ އަމަލުތައް ކުރުން ތަރްތީބް ނުކޮށްފިނަމަ ތިމާއަކީ ފެއިލްވެފައިވާ މީހަކަށްވުމުގެ ބިރު ވަރަށް ބޮޑުކަން ވިސްނާށެވެ!
ގޭގައި ނަމާދުކުރާ އަންހެނުންވެސް މިކަމަށް ސަމާލުކަންދޭށެވެ! ކޮންމެ ނަމާދަކަށްފަހުގައިވެސް މަދުވެގެން 10 ވަރަކަށް އާޔަތް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކޮންމެ ނަމާދަކަށްފަހުގައިވެސް މަދުވެގެން 10 ވަރަކަށް އާޔަތް ނަމަވެސް ކިޔަވަން މަސައްކަތް ނުކުރާނަމަ އެމީހަކު ވާނީ ޤުރްއާނާ ބީރައްޓެއްސަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ