އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިހްތިސާސުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީކުރުމަށް އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސާސުން އެ ފަޅުރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސާސަށް ބަދަލު ގެންނަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްތައް ކަނޑައެޅުމަށް ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ގަރާރަކުންނެވެ.
ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، އެ ގަރާރު މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކަޑެވާރެހާއަށް ޓޫރިޒަމް ގެންނަން ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ