ކަޝްމީރުގައި ބަޑިން ދިން ހަމަލާތަކެއްގައި 26 މީހަކު މަރާލައިފި
ހަތިޔާރު އެޅި ބަޔަކު ކަޝްމީރަށް ދިން ހަމަލާތަކެއްގައި 26 މީހަކު މަރުވެ، 17 މީހަކު ޒަހަމްވެއްޖެ އެވެ.އިންޑިއާގެ ފުލުހުންގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އާންމުންނަށް އަމާޒުކޮށް، މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހޫނު މޫސުމުގައި އަރާމުކޮށްލަން ހިތްގައިމު ތަނެއް ކަމަށްވާ ޕަހަލްގަމްގައި ހިންގި "ނުބައި އަމަލު" ކުށްވެރިކުރައްވައި އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މި ހަމަލާދިނީ އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް ހަނގުރާމަ ކުރާ ހަތިޔާއެޅި ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތެއްގެ ބައެކެވެ. މި ހަމަލާތައް ދިންކަމަށް ވަނީ ބަޑިންނެވެ. ހަމަލާދިނީ ޖަންމޫ ކަޝްމީރުގެ ބަހަލްގަމް ސަރަހައްދުގެ ތަނެއްކަމަށްވާ މީޑޯ ނަމަކަށް ކިޔާ ރެސޯޓަކަށެވެ. މި ރެސޯޓް އޮންނަނީ ބަހަލްގަމްގެ މީހުން ދިރިއުޅޭ ސަރަހައްދާ ފަސް ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.މި ހަމަލާގެ ޒިންމާ "ކަޝްމީރު ރެސިސްޓަންސް" ކިޔާ ޖަމާއަތަކުން މިހާރު ވަނީ ނަގައިފަ އެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝް ވަނީ މި ހާދިސާ ކުށްވެރި ކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ