ސަން ސިޔާމް ކެއާ އާއި ވިލުރީފް ގުޅިގެން ކުލަގަދަކޮށް އާތްޑޭ ފާހަގަކޮށްފި
ސަން ސިޔާމް ކެއާ އާއި ސަން ސިޔާމް ވިލުރީފު ރިސޯޓު ގުޅިގެން މިއަދު ވަރަށް ކުލަގަދަކޮށް، ވިލުރީފް ރިސޯޓުގައި އާތުޑޭ ފާހަގަކޮށްފިއެވެ. އެޕްރިލް މަހުގެ 22ވަނަ ދުވަހަކީ ކޮންމެ އަހަރަކު ވެސް އާތްޑޭގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ސަން ސިޔާމް ކެއާ އާއި ވިލުރީފް ގުޅިގެން އާތްޑޭ ފާހަގަކުރުން -- މިދުވަސް ފާހަގަކުރުމުގެ ގޮތުން ސަން ސިޔާމް ކެއާ އާއި ވިލުރީފު ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ، ވިލުރީފު ރިސޯޓުގެ ފަޅުތެރޭގެ ބޮޑުބައެއް މިއަދު ހެނދުނު ސާފުކޮށްފައެވެ. އަދި މިއަދު ހަވީރު ވަނީ އެ ރިސޯޓުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ސަން ސިޔާމް ކެއާ އާއި ވިލުރީފް ގުޅިގެން އާތްޑޭ ފާހަގަކުރުން -- މި ހަރަކާތް ކުރިއަށް ގެންދިޔައީ ގިނަ ފަތުރުވެރިންނާއި ވިލުރީފުގެ މެނޭޖްމަންޓުގެ އިތުރުން ގިނަ މުވައްޒަފުންގެ ބައިވެރިވުމާއެކުއެވެ. އެގޮތުން މިހަރަކާތުގައި މިއަދުވަނީ 40އަށްވުރެ ގިނަ ގަސް އެ ރިސޯޓުގައި އިންދާފައެވެ. ވިލުރީފް ފެމިލީ ކްލަބްގެ ރައީސް އަހްމަދު ސުނިލް ވިދާޅުވީ އާތުޑޭ ފާހަގަކުރުމުގެ ގޮތުން މިފަދަ ހަރަކާތެއް އެ ރިސޯޓުގައި ކުރިއަށް ގެންދިޔައީ މުޅިން އަލަށް ކަމަށެވެ. ނަމަވެސް، ގަސް އިންދުމަކީ މުޅި އަހަރަށް ބަހަައިލައިގެން އަބަދު ވެސް ކުރިއަށްގެންދާ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މި ހަރަކާތުގައި ބައިވެރިވެ، އެއްބާރުލުން ދިން ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ