ނިމިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ގާވިން ރޯދަ ޕްރޮމޯޝަންގައި އެއްލައްކަ ރުފިޔާގެ މުދާ ލިބޭ ނަސީބުވެރިއަކަށް އަޝްރަފް އަބްދުﷲ ހޮވިއްޖެ އެވެ.
ޖެނުއަރީ 16، އިން މާޗު 31، ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ގާވިން އިން 4،000ރ. އަށްވުރެ މަތިން ވިޔަފާރި ކުރި މީހުންނަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނު އަޝްރަފްއަށް އެއް ލައްކަ ރުފިޔާ ހަމަވާ ވަރަށް ބަދިގެއެއް ހަދަން ބޭނުންވާ ސާމާނު ނުވަތަ އެއްލައްކަ ރުފިޔާގެ އަގުހުރި ގޭގެ އިންޓީރިއާ ހެދުމަށް ބޭނުންވާ ސާމާނު ގާވިން އިން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ގާވިން އިން ބުނީ ޕްރޮމޯޝަންއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމުން ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.
ގާވިންއަކީ ބަދިގެ ބަދަލުކޮށްލުމަށާއި ޒީނަތްތެރި ކޮށްލުމަށް އެންމެ ފަހުގެ ޒަމާނީ ސާމާނު އަދި ބޭނުންވާ ގޮތަށް ޑިޒައިންކޮށްދިނުމުގެ ހިދުމަތްދޭ ތަނެކެވެ.
އެގޮތުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ހެޔޮ އަގުގައި ފަރުނީޗަރު ކަސްޓަމައިޒްކޮށްދޭ ގާވިންގެ ފިހާރަ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނައިރު، އެތަނުން ވިއްކާ މުދާ ބޯޓާ ހަމައަށް ވެސް ޑެލިވާކޮށްދެ އެވެ.
ގާވިން ރޯދަ ޕްރޮމޯޝަންގެ އެއް ލައްކަ ރުފިޔާގެ މުދާ ލިބުނީ އަޝްރަފްއަށް ގާވިން ރޯދަ ޕްރޮމޯޝަންގެ އެއް ލައްކަ ރުފިޔާގެ މުދާ ލިބުނީ އަޝްރަފްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ