ގައުމު އިސްލާހުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ އަތްމަތީގައި ކަމަށް ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެކި އިދާރާތަކުން ޑަބަލް ޕެންޝަން ދޭ މައްސަލަ ހައްލުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ގޯސްކޮށް ކަމެއް ހިނގިޔަސް އެކަމާ ފިޔަވަޅު އެޅުމުގެ ބާރުވެސް އޮތީ މަޖިލީހަށް ކަމަށެވެ.
"ގޯސްކޮށް ކަމެއް ހިނގިޔަސް ގޯސްކޮށް ކޮންމެ ކަމެއް ކުރިޔަސް އެބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރުވެސް އޮތީ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޯހީ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަމެއްނެތި ގައުމު އިސްލާހު ކުރެވޭނެ ގޮތެއް ނޯންނާނެ،" ސަލީމް ވިދާޅުވި އެވެ.
މަޖިލީހަށް މެންބަރުން ހޮވަނީ ކޮންމެ 5000 ރައްޔިތަކަށް ކަަމަށާއި އެއީ ކަންކަން އިސްލާހުކުރުމާއި ގާނޫނު ހެދުމަށް އަދި ކަންކަން ނިންމުމަށް ހުރިހާ ރައްޔިތުންނަށް އެއްވެ، ބަސް ބުނުން ލަސްވާނެތީ ކަމަށްވެސް ވެރިކަންކުރާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ސަލީމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކަށް ނެތް މިކަމުން ސަލާމަތް ވެވޭކަށެއް އިނގޭތޯ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޒިންމާ ނަގަން ޖެހޭނީ،" ސަލީމް ވިދާޅުވި އެވެ.
އިއްޔެގެ މާލިއްޔަތު ކޮމިޓީގައި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ހިނާޔަތްތަކާއި ވައްކަންތަކާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެއްކި އެވެ. އަދި ދައުލަތަށް ދިމާވެފައިވާ މާލީ ބުރަތަކުން ސަލާމަށްވުމަށް ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާކުރެވުނެވެ.
ގައުމު އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލިސް މެންބަރުންގެ އަތްމަތީގައި: ސަލީމް ގައުމު އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލިސް މެންބަރުންގެ އަތްމަތީގައި: ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ