ކައިވެނި ރޫޅުނަސް ޢިއްދައިގެ މުއްދަތުގަ ފިރިމީހާގެ ގޭގަ އަނބިމީހާ އިނުމުން، ކުރާނެ ފައިދާ މާބޮޑުވާނެ!: އިން ޝާ ﷲ

ކިތަންމެ ލޯބިން އުޅޭ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތަކެއް ޖެހިދާނެއެވެ. ކައިވެނި ރޫޅިވެސްދާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ފައިދާކުރާނީ ދީނުގައި ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރުމުންނެވެ.  
ވަރިވާއިރަށް ނުވަތަ ވަރިކުރުމާއި "ވަރިޕާޓީ" ބާއްވަންވީއެއް ނޫނެވެ. މިހާރަކަށް މިބާއްވާ ވަރިޕާޓީތަކަކީ ސީދާ ޝައިޠޯނާގެ ފަރާތުން އަންނަ ކަންކެމެވެ. ޢަމަލުކުރުމުން ގެއްލިގެންދާނީ އުފާވެރި ދިރިއުލުމެއް އުޅެން ލިބެން އޮތް ފުރުޞަތެވެ.  
ހެޔޮލަފާ އަނބިން ވަރިކޮށް އެއްލައިނުލާށެވެ! އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތެއް ނޫނެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވަނީ މައްސަލަތައް ޙައްލުކޮށް ދެމަފިރިން އެކުގައި ލޯބިން އުޅުމަށެވެ. ފަހަރެއްގައި ދިމާވާ ގޮތަކުން ކައިވެނި ރޫޅުނަސް އެއީ ރަޖްޢީ ވަރިއެއްނަމަ އަނބިމީހާއަށް އޮތީ ފިރިމީހާގެ ގެއިން ނުކުމެގެން ނުގޮސް ޢިއްދައިގެ މުއްދަތުގައި ދެމަފިރިން އެކުގައި އުޅުމެވެ. އެއީ އެކަމުގެ ތެރެއިން ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލަ ޙައްލުވެ އަލުން ލޯބިން އެކުގައި ދިރިއުޅެން ފެށުމުގެ ފުރުޞަތު ބޮޑުކަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ރަޖުޢީ ވަރިއަކުން ވަރިކޮށްފައި ހުންނަ ދުވަސްވަރުގައި ޢިއްދާގައިހުންނަން ޖެހޭނީ ފިރިމީހާގެ ގޭގައެވެ. ފިރިމީހާގެ ފަރާތުން އަނިޔާވެރިކަމެއް މެދުވެރިވެދާނެ ކަމުގެ ބިރުނެތްހާ ހިނދަކު ޢިއްދާގެ މުއްދަތުހަމަވުމުގެ ކުރިން ފިރިމީހާގެ ގެއިން ނިކުމެގެން ނުވާނެއެވެ.
ސޫރަތުލްޠަލާގުގެ 1 އަދި 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
"يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًافَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ"
މާނައަކީ: ” އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ،އެކަނބަލުންގެعدّةއަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުންއެކަނބަލުންވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّةގުނާހަމަކުރާށެވެ! އަދިތިޔަބައިމީހުންގެ ވެރި اللَّهއަށް، ތިޔަބައިމީހުން تقوىވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދިއެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަންބޮޑުވެގެންވާފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ،اللَّهކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّهކަނޑައަޅުއްވާފައިވާއިންތައްފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفسއަށްއެމީހާއަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّهއެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސްތިބާޔަކަށް ނޭނގެތެވެ. ފަހެ، އެކަނބަލުންގެ عدّةހަމަވުމާ ގާތްވެއްޖެހިނދު،ހެޔޮގޮތުގައިތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނިرجوعކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ!".
ރަޖްޢީ ވަރިއަކުން ވަރިކުރިނަމަވެސް ފިރިމީހާގެ ޙައްގުތައް ފުރިހަމައަށް އަދާކޮށްދޭންވާނެއެވެ. އަދި ފިރިމީހާވެސް އަންތބެއްގެ ޙައިޘިއްޔަތުންދޭންޖެހޭ ޚަރަދުތައް ފުރިހަމައަށް ކޮށްދޭން ޖެހޭނެއެވެ. އަދި ކޯޓުގައިވަރިކުރިކަން ރަޖިސްޓަރީ ކުރުމުގެ ކުރިންނަމަވެސް، ޢިއްދާގެ މުއްދަތުގެތެރޭގައި ފިރިމީހާ ޖިމާޢުވާން އެދިއްޖެނަމަ އެކަމަށް އިޖާބަދޭންޖެހޭނެއެވެ. ޖިމާޢުވުމާއިއެކު ކައިވެނި ރުޖޫޢަވާނެއެވެ.
އިސްވެ ބަޔާން ކުރެވުނީ ރަޖްޢީ ވަރިއަކުން ވަރިވެފައިވާނަމަ ކަންތައް ހުރި ގޮތުގެ ވާހަކަ އެވެ. ނަމަވެސް ބާއިން ވަރިއަކުން ވަރިވެފައިވާނަމަ އެޙުކުމެއް ނުހިނގާނެއެވެ. އޭރުން ދެމީހުންނަކީ ހިލޭ ދެމީހުންނެވެ. والله أعلم
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ