ސައުދީ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރާތެއް ކުރައްވައިފި
ސައުދީ އަރަބިއްޔާގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވަނީ އޭނާގެ ސަފީރުކަމުގެ ދައުރު ހަމަވާތީ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް އިއްޔެ ކުރައްވައިފަ އެވެ.މި ޒިޔާރަތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިދިޔަ މެއި މަހު، އެ މަނިކުފާނު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއާއި، އަދާކުރެއްވި މެހެމާންދާރީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސާއި ސައުދީ އަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.މަތްރެކް ބިން ޢަބްދުﷲ އަލް އަޖާލީން އަލްދޮސާރީ ސަފީރުކަމަ ހަވާލުވެލެއްވީ 2020ވަނަ އަހަރެވެ.ރާއްޖެއާއި ސައުދީއާ ދެމެދު ސިޔާސީގޮތުން ގުޅުން ގާއިމްކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 17 މާޗް 1981ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ