ހޫނު ފެންޖަގެއް އެޅި މަކުނުދޫގައި 8 މަހުގެ ކުއްޖަކު ފިހިއްޖެ އެވެ.
މި ހާދިސާ ހިނގީ އިއްޔެ ހެނދުނު އެވެ. ކުއްޖާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.
ކުއްޖާގެ މޫނު ހިމެނޭހެން ހަށިގަނޑުން ބައެއް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
Advertisement
އާއިލާ އިން ވަނީ ކުއްޖާ ފިހިގެން މަކުނުދޫ ހެލްތް ސެންޓަރަށް ގެންދިއުމުން އަަމަލު ކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުއްޖާގެ ހާލަތަށް ބެލުމެއް ނެތި ފިހުނު ތަންތަން ބެންޑޭޖް ކޮށްފައިވާ ކަމަށާ އެކަމާ ގުޅިގެން ހާލަތު އިތުރަށް ގޯސްވި ކަމަށް ބުނެފައިވެ އެވެ.
އާސަންދައިގެ ދަށުން އިތުރު ފަރުވާއަށް ފޮނުވައި ނުދިން ކަމަަށް ވެސް އާއިލާއިން ބުނެ އެވެ.
ހޫނު ފެންޖަގެއް އެޅި މަކުނުދޫގައި 8 މަހުގެ ކުއްޖަކު ފިހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ