އެމެރިކާއިން ޔަމަނަށް ބޮން އަޅައި 80 މީހުން މަރާލައިފި އެމެރިކާއިން ޔަމަނަށް ބޮން އަޅައި 80 މީހުން މަރާލައިފި

ޔަމަނުގެ ހޫތީންގެ ބާރު ކަނޑުވައިލަން ކަމަށް ބުނެ އެމެރިކާއިން އެ ގައުމަށް ބޮން އަޅައި 80 މީހުން މަރާލައިފި އެވެ.
ހޫތީންގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ރަސް އީސާ ތެޔޮ ބަނދަރަށް ދިން މި ހަމަލާތަކުގައި 150 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.
އެ ގައުމުގެ އަލް މަސީރާ ޓީވީން ހުކުރު ދުވަހުގެ ފަތިހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއީ ރަސް އީސާ ތެޔޮ ބަނދަރުކަން ކަށަވަރު ކުރެވެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވެސް ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފަ އެވެ. އެމެރިކާގެ ސަރުކާރާ ޑޮނަލްޑް ޓްރަމްޕު ހަވާލުވުމަށް ފަހު އަނެއްކާ ވެސް ވަނީ ހޫތީންނަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފަ އެވެ.
މިއީ އެމެރިކާގެ ރައީސް ޓްރަމްޕު މިދިޔަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މެދުއިރުމަތީގައި އެމެރިކާއިން ހިންގި އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ. އަދި ހޫތީންނާ ދެކޮޅަށް އެމެރިކާއިން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ނޮވެމްބަރު 2023، އިން ފެށިގެން އިޒްރޭލާ ގުޅުން ހުރި ކަމަށް ބުނާ އުޅަނދުފަހަރަށް 100 އަށްވުރެ ގިނަ ހަމަލާ ހޫތީން ވަނީ ދީފަ އެވެ. އެއީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ