އުރީދޫން ބ. ފުޅަދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

އޫރީދޫ މޯލްޑިވްސްއިން ބ. ފުޅަދޫގައި ޚާއްސަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. 'ގްރޯ ވިތު އުރީދޫ' ޕްރޮގްރާމުގެ ދަށުން، ގަސް އިންދުމުގެ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މި މަހުގެ ތިންވަނަ ދުވަހެވެ. އުރީދޫން ފުޅަދޫ ކައުންސިލާ ގުޅިގެން ހިންގި މި ހަރަކާތުގައި، ރަށުގެ މުހިންމު ސަރަޙައްދުތަކުގައި ވަނީ ރުއް އިންދައިފައެވެ. އުރީދޫން ބުނީ މި މަސައްކަތްތަކުގެ މަގުސަދަކީ ދިރޭތަކެއްޗާއި ތިމާވެށި ރައްކާތެރިކުރުމާއި، މުސްތަގުބަލުގައި ގަސްގަހުން ހިޔާވެފައިވާ އާންމު ތަންތަން އޮންނާނެކަން ކަށަވަރުކުރުން ކަމަށެވެ. އުރީދޫއިން ބ. ފުޅަދޫގައި ކުރިޔަށް ގެންދިޔަ ގަސްއިންދުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އުރީދޫ އުރީދޫން ބުނީ މި ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށު ކައުންސިލްތަކާއި، ސްކޫލްތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން 'ގްރޯ ވިތު އޫރީދޫ'ގެ ދަށުން ހިންގާފައިވާ އެތައް މަޝްރޫއުތަކެއްގެ ތެރެއިން އެއް މަޝްރޫއު ކަމަށެވެ. މި މުހިންމު މަސައްކަތުގައި ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިން ކަމަށްޓަކައި ފުޅަދޫ ކައުންސިލަށް އުރީދޫން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ މުޖުތަމައުތައް ބާރުވެރިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެހިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީކުރުން ކަމަށް އުރީދޫން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ