އުފެއްދުންތެރިކަމުގެ މައުރަޒުގައި 275 ފަރާތަކަށް އިނާމު ހަވާލުކޮށްފި
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި 275 ހުށަހެޅުމަކަށް ރޭ އެވޯޑުދީފި އެވެ.މޯލްޑިވްސް އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ ރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގަ އެވެ. އޭގެ ކުރިން ރޭ ސޯޝަލް ސެންޓަރުގައި ވަނީ މި އުފެއްދުންތަކަށް އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.މުޅި މައުރަޒުން ރަން ވަނަ ހާސިލުކުރި ފަސް ބައިވެރިންނާއި ހުށަހެޅުންތައް:އަބުޑީ މޯލްޑިވްސްގެ 'ދެލާރި' އުފެއްދުންމޯލްޑިވްސް ޕޮލިޓެކްނިކްގެ 'ކޭކް ރަސްފަރި'އަލީ މާހިރު އުފެއްދި އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލްލުޖައިން ހަމީދު ހުށަހެޅި 'ސީ ބާޑް'މުޙައްމަދު މޫސާ ތައްޔާރުކޮށް، ހުށަހެޅި 'ޔޮޓު ދޯނި'އެކި ދާއިރާތަކުން އެއްވަަނަ ހާސިލުކުރި ބައިވެރިން:އަމިއްލަ ފަރުދުންގެ ބައިން ލުޖައިން އަލީ ވަހީދުރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން އައްޑޫ ސިޓީ ކައުންސިލްވިޔަފާރިތަކުގެ ދާއިރާއިން ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑްތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކްޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ފާތުމަތު ޝަފަޤްޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން ވިމެން އޮންޓަޕްރަނިއާސް އެސޯސިއޭޝަން މޯލްޑިވްސްމުޅި މަޢުރަޒުން އެއްވަނަ ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ، ހިތަދޫސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްމާދަމާ ފަށާ، މިމައުރަޒުގައި 3،000އަށްވުރެ ގިނަ ހުށަހެޅުންތައް ބައިވެރިކޮށްފައިވާއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ.އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުން ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރި ހިންގޭނެ ނިޒާމެއް ގާއިމުވުން ކަމަށެވެ.އެ މައުރަޒަށް ތައްޔާރުވުމުގައި ހަރަކާތްތެރިވި ހުރިހާ އެންމެނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.ދިވެހި އުފެއްދުންތެރިކަމުގެ މި ފަހަރުގެ މައުރަޒުގައި ވަނީ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ. އެ މައުރަޒު އާންމުންނަށް ހުޅުވާލަނީ މާދަމާ ރޭގަނޑު 8:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ