ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ހާލު ދެރެވެގެން ފަރުވާ ދެމުން ދާ އައްޑޫ ސިޓީ ހުޅުދޫ ޒުވާނަކަށެވެ. އެއީ 34 އަހަރުގެ ފިރިހެން ރެކްރޫޓެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުސް މީހާ ހަބަރު ހުސްވެފައިކަން އިނގުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް ‘ވޭކް އަޕް’ ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަށް ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އޭނާ 04:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ފެތުރުމަކީ ނަހީކުރައްވާފައިވާ ކަމެއް ޔުމްނުގެ މައްސަލަ ބަަލާ ކޮމިޝަންގެ މެންބަރުންނަށް 5000 އާއި 15000 ގެ އެލަވަންސެއްދެނީ މަސްތުވެގެން ހުރެ ނުރައްކާތެރިކޮށް ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި ތަހުގީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ