މޭބިސްކަދުރު: ކެންސަރާ ހިތުގެ ބަލި، ލޭމައްޗަށް ދިއުމާ، ބަނޑުހިކުންފަދަ ކަންކަންމުން ރައްކާތެރިވުމަށް އެހީވެދިނުމުގެ އިތުރުން ޞިއްހަތަށް ގިނަ ފައިދާތަކެއް ލިބޭ މޭވާއެއް!

ޢިލްމީ ދިރާސާތަކުން ދައްކާގޮތުން މޭބިސް ކަދުރުން ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ. އޭގެތެރޭގައި ކެންސަރު ބަލި، ހިތުގެ ބަލީގެ އިތުރުން ލޭމައްޗަށް ދިއުމާއި، ބަނޑުހިކުންފަދަ ކަންކަންމުން ރައްކާތެރިވުމަށް އެހީވެދެއެވެ.
މީގެ އިތުރުން ނިއުޓްރިޝަން ގިނަ އަދަދަކަށް މީގައި ހިމެނިފައިވާތީ ހަށިގަނޑުގައި އުފެދޭ ހަކަތައިގެ މިންވަރު އިތުރުކޮށްދެއެވެ. އަދި މޫޑް ރަނގަޅުކޮށްދީ ލޭގައި އުފެދޭ ވިހަމާދާތައް ދުރުކޮށްދެއެވެ.
މޭބިސް ކަދުރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނިފައިވުމުން ހަށިގަނޑަށް ކުރިމަތިވާ ތަފާތު އިންފެކްޝަންތަކުން ދުރުކޮށްދޭކަމަށްވެއެވެ.
މޭބިސްކަދުރަކީ އަހެރެމެންގެ ތެރޭގައި މަޤްބޫލް މޭވާއެކެވެ. ރާއްޖޭގެ ދަނޑުތަކުގައި މޭބިސްކަދުރު ނުހެއްދި ނަމަވެސް މިއީ ދިވެހިންގެ ބާޒާރުގައި ގިނަ ބާވަތެކެވެ. މޭބިސްކަދުރު ރާއްޖޭގެ ދަނޑުތަކުގައި ނުހެއްދި ނަމަވެސް މިހާރަކަށް އައިސް ބައެއް ގޯތިތެރޭގައި އިންދާ ހައްދައެވެ. މިއީ ހަށިގަނޑަށް ނުހަނު ފައިދާ ބޮޑު މޭވާއެކެވެ.
ތަފާތު އެކި ހޯދުންތަކުން ދައްކާގޮތުން މޭބިސް ކަދުރުގެ ގިނަ ވައްތަރުތަކެއް ދުނިޔޭގައި ހުރެއެވެ. އެހެންނަމަވެސް އާންމުކޮށް ފެންނަނީ 17 ވައްތަރެއްގެ މޭބިސްކަދުރެވެ.
 
މަޢުލޫމާތު: ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ