ޝަރުޢީ ދާއިރާއަށް ދުވަހަކުވެސް ނުފޫޒު ފޯރުވާފައި ނުވާނެ: ރައީސް މުޢިއްޒު

ޝަރުޢީ ދާއިރާއަށް އެއްވެސް ދުވަހަކު ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މި ވާހަކަ ފާހަގަކުރެއްވިއެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރައްވަނީ އެކަން ޤާނޫނުން ލާޒިމްކުރާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށްފަހު، އަބަދުވެސް އިރުޝާދު ދެއްވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރެއްވުމަށް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އެއްވެސް ފަނޑިޔާރަކަށް ނޯންނާނެ އަޅުގަނޑު ނުފޫޒު ފޯރުވިއެކޭ ބުނުމުގެ ފުރުޞަތެއް. ކޯޓުތަކުން ތާވަލުކުރުމަކަށް ކުރާ ހުކުމެއް އަޅުގަނޑު ނުބަލަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީނުގެ މައްސަލައަށްވެސް އަލިއަޅުވާލެއްވިއެވެ. މިގޮތުން ރައީސް ޔާމީނާއި އަދި އެނޫންވެސް އެއްވެސް މީހެއްގެ މައްސަލައަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަކީ އެމަނިކުފާނު ވަރަށް އިޙްތިރާމްކުރާ ބޭފުޅެއްކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ