ލިޒްބަން (މެއި 7) - ޕޯޗުގަލްގެ ފުޓުބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ދޮށީ ފިރިހެން ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ޕޯޗުގަލްގެ ޒުވާން ފުޓުބޯޅަ ޓީމުން ފުރުސަތު ލިބިއްޖެ އެވެ.
ކްރިސްޓިއާނޯ ޖޫނިއާ އަންނަނީ އަލް ނަސްރު ޒުވާން ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަނުގައި 13 އަހަރުން ދަށުގެ ލީގު ކާމިޔާބުކޮށްފަ އެވެ.
ކްރިސްޓިއާނޯ ޖޫނިއާ 14، ޕޯޗުގަލްގެ ޒުވާން ޓީމާއެކު ކުޅޭ ފުރަތަމަ މުބާރާތަކީ ކްރޮއޭޝިއާގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުުގަލުން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.
ޖޫނިއާ އަށް ޒުވާން ޓީމުން ފުރުސަތު ލިބުމާއެކު ރޮނާލްޑޯ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ "ފަހުރުވެރިވާ" ކަމަށެވެ.
ޖޫނިއާ އަށް ފަސް ގައުމަކަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޕޯޗުގަލްގެ އިތުރުން ސްޕެއިން، އެމެރިކާ، އިންގްލަންޑް އަދި ކޭޕް ވާޑޭ އެވެ. އެކަމަކު އޭނާ ކުޅޭނެ ކަމަށް ބެލެވެނީ ޕޯޗުގަލަށެވެ.
ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް ޖޫނިއާ އަކީ ފުޓުބޯޅަ ކުޅުންތެރިއަކަށް ވާތަން ދެކެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު މޮޅު ކުޅުންތެރިޔަކަށްވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ އާއި ޖޫނިއާ އެކުގައި ތަމްރީނުހަދާ މަންޒަރު ކޮންމެސް ވަރަކަށް މީގެ ކުރިން ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ކްރިސްޓިއާނޯ ޖޫނިއާ ޕޯޗުގަލް ޒުވާން ޓީމަށް ކްރިސްޓިއާނޯ ޖޫނިއާ ޕޯޗުގަލް ޒުވާން ޓީމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ