ލޫޓުވައިފި،ދަވާލައިފި ޝިޔާރުތައް ހިމެނޭ ބެނާތައް ދަމަންވީ އެމްޑީޕީ އޮފީސްކުރިމަތީ: ސުޖާއު

ލޫޓުވައިފި، ދަވާލައިފި ޝިޔާރުތައް ހިމެނޭ ބެނާތައް ދަމަން އެންމެ އައުލާކަން ބޮޑުވެގެންވަނީ އިދިކޮޅު އެމްޑީޕީ އޮފީސް ކުރިމަތީގައިކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
މީޑިއާ ބިލާ ދެކޮޅު ޝުއޫރުތައް ހިމެނޭ ބެނާތަކެއް އިދިކޮޅު އެމްޑީޕީން މާލެތެރޭ ދެމުމާ ގުޅިގެން ސުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޫޓުވައިފި،ޗދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ ކަމުގައި ދެކޭކަމަށެވެ. ސުޖާއު ވިދާޅުވީ ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިޔަސް މިސަރުކާރުން ބެނާތައް ނުނަގާނޭކަމަށެވެ. އެގޮތުން ރައީސް ޑރ.މުއިއްޒަކީ އަކީ ވާދަވެރި ސިޔާސީ ހަރަކާތައް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއްކަމަށް ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ އެހެނެއްކަމަކު މި ސަރުކާރުގެ ފަރާތްތަކުން އިދިކޮޅުގައި ތިބި ދުވަސްވަރު އެމްޑީޕީން ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެނާއި ފުލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް ބެނާތައް ދެމުމުގެ ހުއްދަ ދީފައި ނުވާކަމަށެވެ. އެގޮތުން އެމްޑީޕީ މެމްބަރުންނަކީ ފިނޑިބައެއްކަމަށް ސުޖާއު ފާހަގަކުރެއްވިއެވެ.
އެމްޑީޕީން މާލޭގެ މަގުތައްމަތީ ބެނާތައް ދަމާފައިވަނީ، މާލެ ސިޓީ ކައުންސިލުން ހުއްދަ ނެގުމަކާ ނުލައިކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. މީޑިއާ ބިލް މައްސަލާގައި އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅުވެފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ބިލް މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް ގޮވާލާފައެވެ. އެގޮތުން އެމްޑީޕީގެ އެއްވެސް މެމްބަރަކު އެ ބިލް ފާސްކުރުމަށް އެއްބާރުލުން ނުދޭނޭކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ