ރިސޯޓް ލީގު: ހުވަފެންފުއްޓާއި ޖުމެއިރާ އަނެއް ބުރަށް ރިސޯޓް ލީގު: ހުވަފެންފުއްޓާއި ޖުމެއިރާ އަނެއް ބުރަށް

ރިސޯޓް ލީގު 2025 ގެ ނޯތު މާލެ ޒޯންގެ ގްރޫޕް ބީ އާއި ގްރޫޕް ސީގެ ޕްލޭއޮފް މެޗުތަކުން މޮޅުވެ، ހުވަފެންފުށި މޯލްޑިވްސް އާއި ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސް އިން އަނެއް ބުރުގެ ޖާގަ ހޯދައިފި އެވެ.
މި ދެ ޓީމުގެ އިތުރުން، ގަދަ 12 ޓީމު ވާދަކުރާ ބުރުގެ ޖާގަ ހޯދާފައިވަނީ، ގްރޫޕް އޭ އިން ޖޯއި އައިލެންޑާއި ސަންގެލި، ގްރޫޕް ބީން ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑް އާއި ގްރޫޕް ސީން ވަން އެންޑް އޮންލީ ރީތި ރަށް، ގްރޫޕް ޑީ އިން ބަރޮސް އަދި ގްރޫޕް އީ އިން އޯގާ އާރްޓް ރިސޯޓް މޯލްޑިވްސް އެވެ. ހަތަރު ޓީމު ކުޅޭ ގްރޫޕް އެފް އިން ލިބޭ ދެ ޖާގަ ހޯދީ ބަނޑޮސް އާއި ވަރު އެވެ. ދެ ވަނަ ބުރުގެ ފަހު ދެ ޖާގަ މިއަދު ކުޅޭ ގްރޫޕް ޑީ އާއި އީގެ ޕްލޭއޮފުން ކަނޑައެޅިގެންދާނެ އެވެ.
ގްރޫޕް ބީގެ ޕްލޭއޮފްގައި ހުވަފެންފުށިން 3-0 އިން އޮބްލު ނޭޗާ ހެލެނގެލި ބަލިކުރިއިރު، ހުވަފެންފުށީގެ ލަނޑުތައް ޖެހީ، އަހުމަދު އައިމަން ދެ ގޯލާއި ސާޖިދު އިބްރާހިމް ގޯލެކެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ހުވަފެންފުށި މޮޅުވީ 1-0 އިންނެވެ.
ގްރޫޕް ސީގެ ޕްލޭއޮފްގައި، ޖުމެއިރާ އޮޅަހާލިން ވަނީ 4-0 އިން ތާޖު ކޮރަލް ރިސޯޓް އެންޑް ސްޕާ ބަލިކޮށްފަ އެވެ. މި މެޗުގައި ޖުމެއިރާގެ ލަނޑުތައް ޖެހީ، މުހައްމަދު އިޝާން ދެ ގޯލާއި ގާލީ ޕްރަތަމާ އަދި އަހުމަދު ސުމާދު ގޯލެކެވެ. ގްރޫޕް ސްޓޭޖުގައި ވެސް ޖުމެއިރާ އޮޅަހާލިން ތާޖު ކޮރަލް ބަލިކުރީ މި ނަތީޖާ އިންނެވެ.
ރިސޯޓް ލީގުގައި މިއަދު ކުރިއަށްދާނީ ގްރޫޕް ޑީގެ ޕްލޭއޮފްގައި ސެންޓާރާ އާއި ކޮކޯ ބޮޑު ހިތި ކުޅޭ މެޗާއި ގްރޫޕް އީގެ ޕްލޭއޮފްގައި އޮބްލު އެކްސްޕީރިއަންސް އާއި ކުޑަހުރާ ބައްދަލުކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ