މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަގުގެ ބައެއް ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި ބަންދު ކުރާނީ، ބޮޑުތަކުރުފާނު މަގު ޝަހީދު ހުސެން އާދަމް ބިލްޑިންއިން ފެށިގެން، ހުސްނުހީނާ ގޯޅިއާ ހަމައަށެވެ. އޭގެ އިތުރުން، ބޮޑުތަކުރުފާނު މަގާ ގުޅިފައިވާ ބައެއް ގޯޅިތައް ވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއީ:
މުހައްމަދު އިސްމާއީލްދީދީ ގޯޅި
ކަނޑި ދޮންމަނިކު ގޯޅި
ޖުމްހޫރީ ހިނގުން
ޗާންދަނީމަގު
އިބްރާހިމް ހަސަން ދީދީ މަގު
ޓްރެފިކަށް ބަންދުކުރުމުގެ އިތުރުން، ބައެއް މަގުތަކުގައި ޕާކުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެއީ:
ބަންޑާރަ މިސްކިތާ ހަމައަށް ހުސްނީ ގޯޅި
އޯކިޑުމަގުގެ ބައެއް
އެނގުން މުހިއްމު - ބޮޑުތަކުރުފާނުމަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭންއަށް މަގު ހެދުން
830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް)
ދުވާރުތައް ހެދުން
ފެން ހިންދާ ނިޒާމް ގާއިމުކުރުން
ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.
737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލިންގެ މަސައްކަތް ކުރުން
ތާރުއަޅާތީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ