ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު އެމްޑީޕީގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ ނިންމަން އޮތް ތާރީހަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ އެގްރީމަންޓުގައި މަސައްކަތް ނިންމަން އޮތް ތާރީހަށް ކަމަށެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް ވެސް ހުޅުވުނީ، ކުރިން އަޅުގަނޑުމެންވެސް ބުނަމުން އައި ހަމަ އެގްރިމެންޓްގަ މަސައްކަތް ނިންމަން އޮތް ތާރީހަށް. ހަމަ އެހެން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްވެސް،" އަމީރު ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް ރޭ ހުޅުވި ރަސްމިއްޔާތުގައި މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު އެ އެއާޕޯޓުގައި ނިމިފައި އޮތީ 30 ޕަސަންޓު މަސައްކަތް ކަމަށާއި އެއާއެކު މަސައްކަތުގެ ސްޕީޑު އަވަސްކޮށް ހުޅުވީ އަވަހަށް ކަމަށެވެ.
އަމީރު ވިދާޅުވީ މި ސަރުކާރުން އެއާޕޯޓު ހުޅުވަން ގިނަ ތާރީހުތަކެއް ގިނަ ތާރީހުތަކެއް އަބަދުވެސް ދެމުން ގޮސްފައިވާ ކަމަށާއި އެކަމަކު އެއާޕޯޓު ހުޅުވުމުގައި އަވަސް ނުވާ ކަމަށެވެ.
މި ސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ މީހުން ވާ ވެއްދުމަށް އެކި ވާހަކަތައް ދެއްކުން ކަމަށާއި ފޯރީގައި ކުރާ ކަމަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ނިންމުން ފާހަގަކޮށް ހުޅުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅިވި ނަމަވެސް، އެތަނުގެ މަސައްކަތް ފުރިހަމައަށް ނިންމޭނީ ކުރިން ވެސް ޕްލޭންގައި އޮތް ގޮތަށް އަންނަ އަހަރުގެ މާޗު ހިސާބުގައި ކަމަށް، އެ މައުލޫމާތު އެނގޭ ބައެެއް މީހުން އަދަދު ނޫހަށް ބުންޏެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވީ ކުރިންވެސް ނިންމަން އޮތް ތާރީހަށް: އަމީރު ހަނިމާދޫ އެއާޕޯޓު ހުޅުވީ ކުރިންވެސް ނިންމަން އޮތް ތާރީހަށް: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ