އެމްއެންޔޫގެ ދެވަނަ ޓާމްގެ ސްކޮލަޝިޕް ދީފި

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ މި އަހަރުގެ ދެވަނަ ޓާމުގެ ސްކޮލަޝިޕް އިއްޔެ ހަވާލުކޮށްފި އެވެ.
ވީ ކިހިނެެއް؟ - އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ހަފްލާއެއްގައި، ދެވަނަ ޓާމުގެ 10 ސްކޮލަޝިޕް 10 ދަރިވަރަކަށް ދީފައިވެ އެވެ.
ތަފްސީލް - އިއްޔެ ހަވާލުކުރީ:
ޔުނިވަސިޓީގެ ދަރިވަރުންގެ ސްކޮލަޝިޕަކީ ޔުނިވަސިޓީ ކައުންސިލުން ތައާރުފުކޮށްފައިވާ، ތައުލީމު އިހްތިފާލު ކުރުމާއި ތޫނުފިލިކަން ހުރި މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދޭ ސްކޮލަޝިޕެއް
ޔުނިވަސިޓީ ސްކޮލަރޝިޕް ސްކީމަކީ ޔުނިވަސިޓީ ކައުންސިލުން ތައާރުފުކުރާ ސްކީމެއް؛ މި ސްކޮލަޝިޕް ސްކީމްގެ ހަރަދު ހަމަޖައްސަނީ ޔުނިވަސިޓީއަށް ލިބޭ އާމްދަނީން
ޝަހީދު އެވޯޑަކީ 3 ނޮވެމްބަރު 1988ގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން، ރައީސް އޮފީހުން 1999 އިން ފެށިގެން އެމްއެންޔޫގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓާގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދޭ އެވޯޑެއް
ސްކޮލަޝިޕް ސްކީމްގައި ތިން ބާވަތެއްގެ ސްކޮލަޝިޕް ދެ އެވެ. އެއީ:
ޓިއުޝަން ފީ ހިލޭ ކުރުން (އަންޑަރގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް) - ޔުނިވަސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުން؛ ދަރިވަރުންގެ ޔޫނިއަންއަށް ދައްކަންޖެހޭ ފީ އިސްތިސްނާއެއް ނުވާނެ
އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕް - ދަރިވަރުން ހަދަމުން އަންނަ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސްއެއް ދިނުން
ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕް
އޭގެ އިތުރުން، ޝަހީދު އެވޯޑް 4 ފެކަލްޓީ (ސީއެމްއެސް، އެފްއީއެސްޓީ، އެފްއެޗްޓީއެސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލް)އަށް ދޭ
އެމްއެންޔޫގެ ދަރިވަރުންގެ ސްކޮލަޝިޕް ސްކީމްގެ ދަށުން މި އަހަރުގެ ދެވަނަ ޓާމްގައި، އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން ސްކޮލަޝިޕް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕް، އަންޑަގްރެޖުއޭޓް ސްކޮލަޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕެވެ. އެގޮތުން:
ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުސަތަށް އެދި 49 ދަރިވަރަކު ހުށަހެޅި
އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުސަތަށް އެދި 31 ދަރިވަރުން ހުށަހެޅި
ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުސަތަށް އެދި 9 ދަރިވަރުން ހުށަހެޅި
ފާހަގަކޮށްލެވޭ - އެމްއެންޔޫ ދަރިވަރުންގެ ސްކޮލަޝިޕްގެ ކެޓަގަރީ އާއި ޝަހީދު އެވޯޑުގެ ދަށުން މި ޓާމުގައި 44 ދަރިވަރުން ކިޔަވަމުން އެބަގެންދެ އެވެ. އެއީ:
އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕް: 2 ދަރިވަރުންނަށް
އަންޑަގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަޝިޕް: 3 ދަރިވަރުން
ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަޝިޕް: 4 ދަރިވަރުންނަށް
ޝަހީދު އަހްމަދު ރަޝީދު އެވޯޑް: 1 ދަރިވަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ