ވީއޭއެމުން ސޮފްވާން ސަސްޕެންޑުކޮށް، ޖިންސީ ފުރައްސާރާއާ ދެކޮޅަށް ފިޔަވަޅުތަކެއް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމާއި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު ފަސް އަހަރަށް ސަސްޕެންޑްކޮށް، ޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. ވީއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ބެލުމަށް އެކުލަވާލެވުނު އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ބަލައި، ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ކަމަށެވެ. އެ ގޮތުން މައިގަނޑު ހަތަރު ފިޔަވަޅެއް އަޅަން ވީއޭއެމްއިން ނިންމިއެވެ. އެއީ، އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުން ފަސް އަހަރަށް އެ ފަދަ މަގާމަކަށް ނާދެވޭ ގޮތަށް ސަސްޕެންޑުކުރުން ވީއޭއެމްގެ މުބާރާތެއްގައި ފަސް އަހަރު ބައިވެރިނުވެވޭ ގޮތް ހެދުން ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ވެސް ސޮފްވާނަށް މަސައްކަތް ނުކުރެވޭގޮތަށް ކަނޑައެޅުން މީގެ އިތުރުން އެޑްހެކް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކެއް ތަންފީޒުކުރުމަށް ވެސް ވީއޭއެމްއިން ވަނީ ނިންމާފައެވެ އެއީ، ގައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ހޮވާ އުސޫލު އިތުރަށް ހަރުދަނާކޮށް، އެ އުސޫލުގެ ތެރެއިން ނޫންގޮތަކަށް ޤައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނުހޮވުމާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކީ މިންގަނޑު އިތުރަށް މުރާޖާކޮށް، އެ މިންގަނޑު ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންގާފައި ބޭއްވުމެވެ. މީގެ އިތުރުން، ގައުމީ ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންގެ މެދުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ރިޕޯޓުކުރާނެ އުސޫލެއް ޤާއިމުކޮށް އެކަން ކުޅުންތެރިންނާއި އޮފިޝަލުންނަށް އެނގޭނެ ގޮތެއް ހެދުމާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތަފާތު ކޮމިޝަންތަކާއި ތަފާތު ގުނަވަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރިޕޯޓުކުރާނެ އުސޫލެއް ޤާއިމުކޮށް، އެކަން އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް އެނގޭނެގޮތް ހެދުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ