މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ.
މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ދިވެހި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ