މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން: ރައީސް ނަޝީދު

މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލަމާތްވެތިބެގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ 59 މިނިވަންދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ރައީސް ނަޝީދުވަނީ މިއަދު ފާހަގަކުރަމުންދާ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހިންނަށް އަރިސްކުރައްވާފައެވެ.
އެއާއެކު އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެންކަމަށެވެ. އަދި ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތެއް ނުދެވޭނެކަން ގަބޫލުކުރުމާއެކުވެސް ބުއްދިވެރިކަން އިސްކޮށް މި ދަނޑިވަޅަށް އެންމެ ރަނގަޅުގޮތަކީ ދަރަނިން ސަލާމަތްވުންކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއިން ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އަދަދު 120 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ދަރަނި ދައްކަންޖެހެނީ އިންޑިއާ އަދި ޗައިނާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ