ނިޔަތް ގޯހީ މީކާއީލެއް ނޫނެވެ. ނިޔަތް ގޯހީ ބުރުމާ ގާސިމެވެ. ގާސިމުގެ ނިޔަތުގެ ނުބައިކަން ނޭނގޭ ދިވެއްސަކު ރާއްޖެއަކު ނޫޅެއެވެ. ދައުލަތް ދަމާވީދާ ކެއުން ނޫން ކަމެއް ގާސިމު ނުކުރެއެވެ. އަންނަ ކޮންމެ ވެރިކަމެއްގެ ކުރީކޮޅު ސަރުކާރާ ގުޅިގެން އޮބި އަޅާލައިގެން ދައުލަތް ދަވާލުން ނޫންކަމެއް ނުކުރާ މީހެއްގެ އޮންނާނީ ކޮން ހެޔޮ ނިޔަތެއް ހެއްޔެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އިސްލާހު ހުށަހެޅުމުން ނިޔަތާމެދު ގާސިމް ސުވާލު އުފައްދާނީ އެހެން ވެގެންތާއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެ ބިލު އިތުރަށް ދިރާސާކުރަން ފޮނުވަން ގާސިމް ބޭނުންވީ އިޒްރޭލު ޕާސްޕޯޓް ބޭނުް ކުރުން ދިގު ދަންމާލުމަށެވެ. އެކަން ކޮށްފިއެވެ.
އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދައްކައިގެން ގާސިމުމެން ބޭނުންވަނީ ދުނިޔޭގެ މުދާވެރިކަމެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ލިބޭ ވޭން ދެނިވި އަނިޔާއަކީ މި ބައިގަނޑުގެ ކަންބޮޑުވުމެއް ނޫނެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހު ކުރުމުގެ ކުރިން ފުންކޮށް ވިސްނަންޖެހޭ އެއްޗެއްނެތެވެ. ފިޔަވަޅު އަޅަން ލަސްކުރަން ޖެހޭ ސަބަބެއް ނެތެވެ. އެއަށްވުރެ ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ މައްޗަށް އިޒުރޭލުގެ އަނިޔާވެރިކަން މާބޮޑެވެ.
މަޖިލީހުގެ ނިންމުން ވާން ވާނީ ރައްޔިތުންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ނިންމާ ނިންމުމަކަށް ކަމަށާއި، ފިޔަވަޅު އަޅަން ޖެހޭނީ ހުރިހާ ނަޒަރިއްޔާއަކުން ވިސްނުމަށް ފަހުގައި ކަމަށް ބުނެ ގާސިމް މި ދައްކަނީ ކޮންލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ އިހުސާސާ ދެކޮޅަށް އަމިއްލަ މުދާވެރިކަމަށްޓަކާ އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމާ މި ކަލޭގެ ވަރަށް ދެކޮޅެވެ. ނަރަކައިން މީހުން އައިސްގެން ވެސް ގާސިމަށް ޑޮލަރު ލިބެނިކޮށް ނިމުނީއެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލް މަޖިލީހަށް ހުށަހެޅީ އެއްވެސް ވަރަކަށް ދިރާސާއެއް ނުކޮށް ކަމަށްބުނެ ފިތުނަ އުފައްދަނީ ގާސިމްގެ މުނާފިގު ކަމުންނެވެ. ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބުނެ އޮޅުވާލަން ގާސިމް އުޅުނަސް ރައްޔިތުންނަކަށް ނޯޅެއެވެ. ސަރުކާރާ ރައްޔިތުންނާ ޖައްސަން ބޭނުންކުރާ އުކުޅުތައް އެންމެ ރަނގަޅަށް އެނގޭނީ ގާސިމަށްތާއެވެ. ގާސިމު ހަޔާތެއް ވޭތުއެކުރަނީ އެމަސައްކަތުގައި ވިއްޔާއެވެ.
އަޖައިބެކެވެ. މުސްލިމު ރައްޔިތުންތަކެއް ފަނާކޮށް ހަނާކުރާ ބަޔަކާ ދެކޮޅަށް ފިޔަޅުއެޅުން ލަސްކުރަން އެކިފަހަރު އެކި ހުއްޖަތް ދައްކަނީ މުއްސަދިކަމާ ތަނަވަސްކަމުގައި ކިހާ ދުވަހަކު ގާސިމް ހުންނަން ކަމަށް ހެއްޔެވެ. ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތްކަމަކަށް އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން ހަދައިގެން އިޒްރޭލު ފަތުރުވެރިން ގެނެސްގެން ލާރި ބައްކުރަން ގާސިމެއް ކަމަކު ފައިވިދޭނެ ކަމެއްނެތެވެ. މުދާވެރިކަމާއި ބަރަކީ އިޒްރޭލުން ހޯދާއެއްޗަކީތާއެވެ. މާއްދިއްޔަތަށް އަޅުކަން ކުރިޔަސް ފުކެއްބޮޑެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ގާސިމް ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ