ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް އަލީ ވަހީދު ކާމިޔާބު ކުރައްވައިފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބު ކުރައްވައިފި އެވެ.
އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެއީ 245 ވޯޓެވެ.
އަލީ ވަހީދުގެ އިތުރުން އެ ދާއިރާއަށް ދެން ވާދަކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ނައިބު އަހުމަދު އާތިފާއި ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އިބުރާހިމް ރަމީޒެވެ. އަލީ ވަހީދާއި އެންމެ ގާތުން ވާދަކުރެއްވި އަހުމަދު އާތިފަށް ލިބިވަޑައިގެންނެވީ 112 ވޯޓެވެ. އިބުރާހިމް ރަމީޒަށް ލިބިވަޑައިގެންނެވީ 30 ވޯޓެވެ.
އިތުރު ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ