ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 19 އަހަރުން ދަށުގެ މުބާރާތުގައި، ވ. ކެޔޮދޫގެ މައްޗަށް 8-0 އިން ކުރިހޯދައި އޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިިފި އެވެ.
އޮޑިން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެފަ އެވެ. ރޭގެ މެޗުގައި އޮޑިން ހޯދި މޮޅާ އެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރަށް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.
ކެޔޮދޫ އާއި ބުރު ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ނިއު އަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ. އަަދި، ޓީސީ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ރޭގެ މެޗުގައި އޮޑީގެ ހުސެއިން ސުހާދު ޝުހާން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މި މެޗުގައި ޖެހި ގޯލުުތަކާ އެކު، އޭނާ މުބާރާތުގައި ޖެހި ގޯލުތަކުގެ ޖުމްލަ އަދަދު ވަނީ ހަޔަަކަށް އަރައިފަ އެވެ. ދެން ރޭގެ މެޗުގައި އޮޑީގެ އަނެއް ލަނޑުތައް ޖެހީ، އަލީ އައިހަމް ދެ ގޯލުގެ އިތުރުން، އަބްދުﷲ ރިޒާން މުހައްމަދު އެވެ.
ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ އެކު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި، ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، އަންނަ އާދިއްތަ ދުވަހު ހަވީރު އޮޑިން ކުޅޭނީ ޓީސީއާ އެވެ. އެރޭ ކުޅޭ މެޗުގައި، ބުރުން ބައްދަލުކުރާނީ މާޒިޔާއާ އެވެ. އަދި، ހޯމަ ދުވަހު ހަވީރު ކެޔޮދޫން ނިއުއާ ދެކޮޅަށް ނުކުންނާނެ އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި އޮޑި އަށް 8 ގޯލުގެ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ