ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ޑަޔަމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ގެ މެޗުތަކުގެ ޓިކެޓް މިއަދު ވިއްކަން ފަށަން އެފްއޭއެމުން އިއުލާން ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު 12 އިން ފެށިގެން ޓިކެޓް ގަންނަން ލިބޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
މި މުބާރަތަކީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ އިތުރުން، މި އަހަރު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ކުރުމަށް ބާއްވާ މުބާރާތެކެވެ. ރާއްޖޭގެ އިތުރުން، ދެން މުބާރާތުގައި ދެން ވާދަކުރާނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝް އެވެ.
މާދާމާއިން ފެށިގެން މި މަހުގެ ކުރިއަށް އޮތް ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ފުރަތަމަ ވިއްކަން ފަށާނީ މުބާރާތުގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓެވެ.
ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރާނެ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުވައެއް ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
ގޮނޑިބަރިން ޓިކެޓް ވިއްކަނީ 200ރ. އަށެވެ. ސިޑިބަރީގެ ޓިކެޓްގެ އަގަކީ 100ރ. އެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ޖޫން 4 ވާ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރާއިރު، އެރޭ ކުޅޭނީ އަފްޣާނިސްތާނާއި ބަންގްލަދޭޝް އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ޖޫން 7 ވާ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު އަފްޣާނިސްތާން އަދި ޕާކިސްތާން ބައްދަލުކުރާ މެޗަށްފަހު، ރޭގަނޑު ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މުބާރާތުގެ އެންމެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހުގެ ރޭ 21:00 ޖަހާއިރު އެވެ.
އަލިމަސް ޔޫބީލް މުބާރާތުގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ