ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއަކު އިންތިޚާބުކުރަން މިއަދު 13:00 އަށް ތާވަލުކުރި ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އަހްމަދު ނާޒިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00ގައި ބާއްވާނެކަން އިއުލާން ކުރައްވާފައެވެ.
އެހެންނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން މަޖިލީހުގެ އިދާރާއިން ވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަމަށް އިއުލާނުކޮށްފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޒިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. މަޤާމުން ނާޒިމް އިސްތިއުފާ ދެއްވާފައި މިވަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް ނާޒިމް ކުރެއްވި އެވެ.
މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ