އީރާން ހަނގުރާމައާ ވިދިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ތެލުގެ ސަބްސިޑީއަށް ކުރަން ޖެހޭ ހޭދަ އިތުރުވުމާ އެކު މިއަހަރު ކަނޑައެޅި ސަބްސިޑީގެ ބަޖެޓްގެ %78 ހަރަދުވެއްޖެ އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 14ގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ސަބްސިޑީއަށް ހަރަދުކޮށްފަ އެވެ. އެގޮތުން:
މިއަހަރަށް ސަބްސިޑީއަށް ބަޖެޓް ކުރީ 2.9 ބިލިއަން ރުފިޔާ
އެހެންކަމުން މިހާރު ހަރަދުކުރި އަދަދު 2.3 ބިލިއަން ރުފިޔާ އަކީ ޖުމްލަ ބަޖެޓުގެ %78
މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ހަރަދުކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ހަރަދުކުރި އަދަދަކީ:
993.2 މިލިއަން ރުފިޔާ އިތުރު އަދަދެއް؛ %77ގެ އިތުރުވުމެއް
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގައި އާސަންދައަށް ވަނީ 805 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މީގެ އިތުރުން ބޭސް ފަރުވާގެ އެހެން އެހީތަކަށް ހަރަދުކުރި އަދަދު ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން:
މިއީ 21.5 މިލިއަން ރުފިޔާ ދަށް އަދަދެއް
މީގެ އިތުރުން. އެހެނިހެން ގޮތް ގޮތުން ދޭ އިނާޔަތްތަކާއި ސަބްސިޑީތަކަށް ކުރި ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިއަހަރުގެ މި މުއްދަތުގައި 1.1 ބިލިއަން ރުފިޔާ އެ ދާއިރާއިން ހަރަދުކޮށްފަ އެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު:
432 މިލިއަން ރުފިޔާ އިތުރު އަދަދެއް
މިދިޔަ އަހަރު އެހެނިގެން ސަބްސިޑީތަކާއި އިނާޔަތްތަކަށް ހަރަދުކޮށްފައި ވަނީ 640 މިލިއަން ރުފިޔާ އެވެ.
ތެޔޮ އަގު ބޮޑުވުމާ އެކު ސަބްސިޑީގެ ބަޖެޓްގެ ބޮޑު ބައި ހުސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ