ފޯރިގަދަ ކެމްޕެއިނަކަށް ފަހު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ‘މައި ޕޯޓަލް’ ހުޅުވާލައިފި ކައުންސިލް އިންތިހާބަށް 100 އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ ކައުންސިލް އިންތިޚާބު: ނަތީޖާ ކަ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް 20 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިއަދު 11:00 ހަމައަށް ޖުމްލަ 795 މީހުން ވަނީ ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 19.29 އިންސައްތައެވެ. ވޯޓުލާފައިވަނީ 409 ފިރިހެނުންނާއި 386 އަންހެނުންނެވެ.
މިއިންތިހާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.
ބައި އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން ބަންދުވާނީ ހަވީރު 4:00 ޖަހުމާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ