މެމްބަރު މައުރޫފްގެ ބަންދަށް 5 ދުވަސް ޖަހައިފި

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
މާލޭގެ ފާލަމާއި ދިމާ، ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުން މަސްވެރިން މުޒާހަރާއެއް ފެށީ މަސްވެރިންގެ ދުވަހާއި ގުޅުވައެވެ.
ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތާ 24 ގަޑިއިރު ވީ ފަހުން ފުލުހުން ވަނީ އެ ދޯނިތަކަށް އަރައި އެ މުޒާހަރާ ހުއްޓުވާފަ އެވެ މި ދޯނިތަކަށް ފުލުހުން އެރީ އިހުތިޖާޖުގައި ބިދޭސިން ބައިވެެރިވަމުންދާކަމަށް ބުނެއެވެ.
ފުލުހުން ބުނީ ބިދޭސީން މިފަދަ އިހުތިޖާޖުތަކުގައު ބައިވެރިވުމަކީ ގާނޫނާއި ހިލާފު ކަމެއްކަމަށެވެ.
މި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިން ދޯންޏެވެ.
މި މައްސަލައިގައި، މައުރޫފް ވިދާޅުވީ އެކަން ކުރީ ކޯޓުއަމުރެއް ނުދައްކާ ކަމަށެވެ. އެކަމާއި ދެކޮޅަށް މައުރޫފް އަޑުއުފުލުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެފައިވާ ކަމަށް ބުނެ، ހައްޔަރު ކުރީ އެވެ. އަދި އޭނާ އާއިއެކު އިތުރު 2 މީހަކުވެސް ހައްޔަރު ކުރި އެވެ.
ފުލުހުން އެ ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން މުޒަހަރާ ހުއްޓުނެވެ. އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ