ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް އާލާކުރުމުގެ މަޝްރޫއެއް ހިންގުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހަތަރު މިލިއަން ޔޫރޯ (4.6 މިލިއަން ޑޮލަރު/ 71.6 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދޭން ނިންމައިފި އެވެ.
"ކޮމިޔުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރީޖެނެރޭޝަން އިން ދަ މޯލްޑިވްސް" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން މި އެއްބަސްވުން ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަރާތްޕުޅުން، ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭއެވެ.
މި އެއްބަސްވުމުގެ ދަށުން އީޔޫއިން ރާއްޖެއަށް ހަތަރު މިލިއަން ޔޫރޯގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެހީގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ މުޖުތަމައުތައް ބައިވެރިކޮށްގެން ކަނޑޫފާތައް ހިމާޔަތްކުރުމާއި، ދިިރުންތަކުގެ މުއްސަނދިކަން ދެމެހެއްޓުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.
ކަނޑޫފާ މަރުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅުމެއްވާކަން ސައިންސްގެ އަލީގައި ފުރަތަމަ ފަހަރަށް ހެކި ވަނީ ލިބިފަ. އެ ނަތީޖާ އިން އެނގުނީ 2016 ގައި ނެގި ސާމްޕަލްތަކާއި ސެޕްޓެމްބަރުގައި ނެގި ސާމްލަތަކަށް ބަލާއިރު، ފަހުން ނެގި ސާމްޕަލްގައި ލޮނުގެ މިންވަރު ގިނަ ކަމަށް.
މިއީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއަދު ހެނދުނު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔޯހަން ހެސޭ ވިދާޅުވީ، ކަނޑޫފާތަކަކީ ގޮނޑުދޮށްތައް ހިމާޔަތްކޮށް ރައްކާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. ނަމަވެސް އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރެވޭނީ އާންމު ރައްޔިތުންގެ ބައިވެރިވުމާއި ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގައި ރަށްރަށުގެ ރައްޔިތުންގެ ދައުރު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
ކަނޑޫފާތައް ހިމާޔަތް ކުރުމުގެ މަޝްރޫއަކަށް އީޔޫއިން ހަތަރު މިލިއަން ޔޫރޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ